ads
ޖަޕާން ސަރުކާރުން ދެއްވި އެހީ އާއި މިނިސްޓަރު މާރިޔާ ހަވާލުވެއްލައްވަނީ
ޖަޕާނުން ރާއްޖެއަށް 72 މިލިއަން ރުފިޔާގެ ސާމާނު ދީފި
ދިވެހިރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރަގަދަ ކުރުމަށް ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް 72.6 މިލިއަން ރުފިޔާގެ ތަކެތި ދީފިއެވެ.

މިކަމަށްޓަކައި، އިއްޔެ، މޯލްޑިވްސް ކަސްޓަމްސްގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ދިވެހިރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ ދީދީ އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ދިވެހިރާއްޖެ އާއި ހަވާލުކޮށްދެެއްވީ ޖަޕާން ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓަކެއުޗީއެވެ.

your imageޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު

ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ބޯޑަރު ސެކިއުރިޓީ ވަރުގަދަކުރުމަށް ވެދެއްވި އެހީއަކީ އެގައުމުގެ ފަސް މިލިއަން ޑޮލާރުގެ ގްރާންޓް ޕްރޮޖެކްޓްގެ ދަށުން ދެއްވި އެހީއެކެވެ. މީގެ ތެރޭގައި ހިމެނެނީ ވެހިކަލް ތަކާއި އަދި ބޯޑަރު ބަލަހައްޓަން ބޭނުންވާ ބައެއް ސާމާނުތަކެވެ.

މިއެހީ އާއިއެކު، ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި އޮޕަރޭޝަނަލް ކެޕޭސިޓީ ނުވަތަ ގާބިލުކަން އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރާކަމށް ޖަޕާނުގެ އެމްބެސެޑަރު ޓަކެއުޗީ ވިދާޅުވިއެވެ.

your imageޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދެއްވި އެހީ އާއި ހަވާލުވުުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ ވަނީ ޖަޕާނު ސަރުކާރުގެ މިދީލަތި އެހީއަށްޓަކައި ޖަޕާނު ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިއެވެ. އަދި ޖަޕާނު ސަރުކާރުން މިދެއްވި އެހީ އޭގެ އެއްމެފުރިހަމަ ގޮތުގައި ބޭނުންކުރާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު މާރިޔާ ދެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް