ads
ގެވެށި އަނިޔާ ރަމްޒުކޮށްދޭ ޕޯސްޓަރެއް----
ގެވެށި އަނިޔާގެ އަމުރަކާ ހިލާފުވި ބައްޕައަކު ހައްޔަރުކޮށްފި
އުތުރު ރަށެއްގެ ބައްޕައަކު، ގެވެށި އަނިޔާގެ އަމުރަކާ ހިލާފުވެގެން ހައްޔަރުކޮށްފިއެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ މި ބައްޕަ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން، 10 ދުވަހުގެ ބަންދު މުއްދަތެއް ޖަހާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަކާ މި ބައްޕަ ހިލާފުވެފައިވާއިރު، އޭނާގެ މައްޗަށް އެ ނޫން ބައިވަރު ތުހުމަތުތަކެއްވެސް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ހުއްދަނެތި ގޯތި ގެދޮރަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމާއި، ވައްކަން ކުރުން ހިމެނެއެވެ. 

މި ބައްޕަ ހައްޔަރުކޮށްފައިވަނީ، އޭނާގެ ކުރީގެ އަންހެނުން އަދި ދަރިފުޅުގެ މަންމަ، ބުނެގެން ދަރިފުޅު ގޮވައިގެން މާލެ ދިޔުމަށް ދަރިފުޅު ބަލައި ކުރީގެ އަންހެނުންގެ ގެއަށް ވަނުމުން ކަމަށްވެއެވެ. އެ ގެއަށް ވަތް ކަމަށް ބައްޕަ އިއުތިރާފުވީ ނަމަވެސް އެއްވެސް އެއްޗަކަށް ގެއްލުން ނުދޭ ކަމަށް އޭނާވަނީ ބުނެފައެވެ.

އޭނާގެ ބަންދު މުއްދަތު ކޯޓުން ޖަހާފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލަމާތަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ހެއްކަށް ނުފޫޒު ފޯރުވައިފާނެތީ ކަމަށް މެޖިސްޓްރޭޓް ނިންމެވިއެވެ.

މި ބައްޕަގެ ނަމާއި އެ ނޫން މައުލޫމާތު ސީއެންއެމަށް ލިބިފައިވީނަމަވެސް އެ މައުލޫމާތު ހާމަކޮށްފައި ނުވަނީ މައްސަލައިގައި ހިމެނޭ ކުޑަ ކުދިންނާއި އަނިޔާގެ ޝިކާރައަކަށްވީ މީހުންގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް