އެމްޓީސީސީން ބުނީ 1444 ވަނަ އަހަރުގެ ފިތުރު އީދު ދުވަހު ފިތުރު އީދު ނަމާދަށް މާލެ އާއި ވިލިމާލެ އާ ދެމެދު ކުރެވޭ ފެރީ ދަތުރުގެ ހިދުމަތް ހެނދުނު 7:00 އިން ފެށިގެން 8:15 އަށް މެދުކަނޑާލެވޭނެ ކަަމަށެވެ.
މި އަހަރުގެ ފިތުރު އީދު ދުވަހު ތިލަފުށި ފެރީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލުތަކެއް ގެެނެސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި ފިތުރު އީދު ދުވަހުގެ އީދު ނަމާދަށް ހުޅުމާލެ ޕްރިމިއަމް ފެރީގެ ހިދުމަތް ހެނދުނު 7:00 އިން ފެށިގެން 8:30 އަށް މެދުކަނޑާލެވޭނެ ކަމުގައެެވެ.