ads
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އިކޮނޮމިިކް މިނިސްޓްރީގެ ހަރުމުދާ ބެލެހެއްޓުން ވަރަށް ދޯދިޔާ: އޮޑިޓް
މާލިއްޔަތު ގާނޫނާއި އެއްގޮތަށް ހަރުމުދަލުގެ ދަފްތަރެއް ބަލަހައްޓާފައި ނުވާކަމަށާއި އިކޮމޮނިކް މިނިސްޓްރީގެ ހަރުމުދާ ބެލެހެއްޓުން ވަރަށް ދޯދިޔާކަމަށް އެމިނިސްޓްރީގެ 2020 އަދި 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް އިކޮނޮމިކް މިނސްޓްރީގެ ހަރުމުދަލުގެ ރެޖިސްޓްރީއެއް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވެސް ނުވާކަމަށެވެ. އަދި އިކޮނިމޮކް މިނިސްޓްރީގެ ފުރިހަމަ ހަރުމުދަލުގެ ރެޖިސްޓްރީއެއް ޕަބްލިކް އެކައުންޓިން ސިސަޓަމުގައިވެސް ބަލަހައްޓަމުން ގެންގޮސްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

މީގެއިތުރުން އިކޮނިމިކް މިނިސްޓްރީގައި ގެންގުޅޭ ހަރުމުދަލުގެ ލިސްޓްވެސް އޮތީ ވަރަށް ފަރުވާކުޑަކޮށް ތަފްސީލެއް ނެތިކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއި އެމިނިސްޓްރީގެ ދަށުން ހިންގަމުންދާ ލޭބަރިލޭޝަން އޮތޯރިޓީގެ ބައެއް ހަރުމުދާ ލިސްޓުގައި ހިމަނާފައިވެސް ނެތްކަމަށާއި ލިސްޓުގައި ހުރި މުދާވެސް ހުރީ އޭގެ އެއްވެސް ތަފްސީލެއް އެނގެން ނެތްގޮތަށްކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ސަރުކާރުގެ އޮފީސްތަކުގައި ހުންނަ ހަރުމުދާ ހަމައަށް ހުރިތޯ އަހަރަކު އެއްފަހަރު ޗެކްކުރަން ޖެހޭކަމަށް ގާނޫނުގައި ބުނާއިރު، އިކޮނޮމިކް މިނިސްޓްރީ އެކަންވެސް އެމަގުން ކޮށްފައި ނެތްކަމަށެވެ.

2020 ވަނަ އަހަރު ނިމުނުއިރު އިކޮނޮމިކް މިނިސްޓްރީގައި ހުރި ހަރުމުދަލުގެ އަގަކީ 11.9 މިލިއަން ރުފިޔާކަމަށް ބުނި ނަމަވެސް އެކަމުގެ ސައްހަކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށްވެސް އޮޑިޓް ރިޕޯޓްގައިވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް