ads
ކަރެކްޝަންސް
ޖަލުގައި ކުއްލި މަރެއް!
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކުއްލިއަކަށް މަރުވެއްޖެ އެވެ.

ކެރެކްޝަނުން ބުނީ މަރުވެފައިވަނީ ބަދުއަހުލާގީ މައްސަލައެއްގައި ހަތް އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އަމީނުލް އިސްލާމް (29 އަހަރު) ކަމަށެވެ.

އޭނާއަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހެއް ނޫން މަމަށާއި މިއަދު ހެނދުނުގެ ސައިވަގުތު ނުހޭލާ އޮތުމާ ގުޅިގެން ގޮވަން އުޅުމުން އެއްވެސް ހަރަކާތެއް ނުކުރާތީ، އޭނާ ވަނީ އެމަޖެންސީގައި މާފުށީ ހެލްތް ސެންޓަރަށް ގެންގޮސްކަމަށް ކަރެކްޝަނުން ބުނެއެވެ. 

މާފުށީ ހެލްތް ސެންޓަރާއި ހަވާލާދީ ކަރެކްޝަނުން ބުނީ އޭނާ މަރުވެފައިވަނީ ހިތް ހުއްޓިގެންނެވެ.

18%
ކަމުގޮސްފި
36%
އަޑުއެހިތާ މިހުރީ
36%
ސަތޭކައަކުން ސުމެއް
9%
ވަރަށް ސަލާމް
ކޮމެންޓްސް