ads
ނ. ހޮޅުދޫ
ކޯޓު ހުރުމަތް ކެނޑި ހޮޅުދޫ މީހަކު 15 ދުވަހަށް ޖަލަށް
ކޯޓު ހުރުމަތް ކެނޑި މީހަރު 15 ދުވަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

ކޯޓު ހުރުމަތް ކަނޑައިގެން 15 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ، ނ. ހޮޅުދޫ ޝީޓްމާގެ މުހައްމަދު ޝަހްބާން ކިޔާ މީހެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

އާދިއްތަ ދުވަހު، މި ހުކުމްކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ޝަހްބާން ނ. ހޮޅުދޫ ކޯޓަށް ހާޒިރުކޮށް ބަންދާ މެދު ގޮތެއް ނިންމުމާއެކު ހަޑިހުތުރު ބަހުން މުހާތަބުކޮށް، ގާޒީގެ ހުއްދަ ނެތި ޝަރީއަތުގެ މަޖިލިސް ދޫކޮށް ދިޔުމުންނެވެ.

ޝަހްބާންގެ މައްޗަށް ކޯޓު ހުރުމަތް ކެނޑުމުގެ ހުކުމެއް ކޮށްފައިވަނީ ނ. ހޮޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އާދަމް ޝަރީފްއެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. 

ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހްބާންއަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2019 ވަނަ އަހަރުން ފެށިގެން ދެ އަހަރަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި ހުރި މީހެކެވެ. 

ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާއިރު، އޭނާގެ ޝަރީއަތް ނުވެސް ފެށި އެތައް ދުވަހަކަށް ދިގުލައިގެން ދިޔައިރު، އެއް ކޯޓުން އަނެއް ކޯޓަށް އޭނާގެ މައްސަލަ ބަދަލުވެސް ދެތިން ފަހަރެއްގެ މަތިންކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް