ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މޮރިޝަސް މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލޭފަދަ ގޮތަށް ރާއްޖެއިން ބައެއް ވިއްކާލުމަށް ރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ސަރުކާރާއި ޑީލް ހަދާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އަނެއްކާވެސް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް މި މައްސަލަ ހުށަހަޅުއްވާފައިވަނީ ޕީއެންސީއަށް ނިސްބަތްވާ އެޕާޓީގެ ނައިބު ރައީސް އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

އާދަމް ޝަރީފް މިއަދުގެ ޖަލްސާގައި ހުށަހެޅި މި މައްސަލައިގައި ބުނެފައި ވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުން ބައެއް ގެއްލޭފަދަ ގޮތަށް ރާއްޖެއިން ބައެއް ވިއްކާލުމަށް ރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ސަރުކާރުން ޑީލް ހަދާފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިއްރު ސިޓީ ރައްޔިތުންނަށް ހާމަ ކުރަން ޖެހޭ ކަމަށެވެ. 

ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 23 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 19 މެންބަރުންނެވެ. 

"މިހާރު އެބަ ރަނގަޅުވޭ. މަޖިލީހުގައި މި މައްސަލަ، ކުއްލި މައްސަލަ ފާސްވިކަން އެއީ ދިވެހި ރާއްޖޭގެ ރައްޔިތުން މި މައްސަލައާއި މެދު ސީރިއަސް ވެއްޖެކަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް މޭރުންވިކަން އެނގިގެން ދިޔަ ކަމެއް،" މައްސަލަ ބަލައި ގަތުމަށް ވޯޓް ދެއްވި މެމްބަރުނަށް ޝުކުރު އަދާކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.


ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ދިވެހި ރާއްޖޭގެ ބިމުން ވެލިފުކެއްގެ މިންވަރު ވިޔަސް އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޮޑި އިންޗިއެއްގެ މިންވަރުވިޔަސް އެއްވެސް ބަޔަކަށް ދިނުމަކީ އަދި ވިއްކުމަކީ ދިވެހިން ނިހާޔަތައް ދެކޮޅު ހަދާ ކަމެއް ކަމަށެވެ.  

މައްސަލައިގައި ރާއްޖޭގެ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބަދަލުގައި އެހެން މިސްރާބަކަށް މި މައްސަލަ ގެންގޮސްފައިވާ ކަމަށާއި މި މައްސަލައިގައި ޑރ. މުނައްވަރު، އާޒިމާ ޝުކޫރު އަދި ދިޔާނާ ސައީދު ފަދަ ބޭފުޅުންގެ ހިޔާލުފުޅެއް ހޯއްދަވާފައި ނުވާތީ އާދަމް ޝަރީފް ވަނީ ކަންބޮޑުވުން ފާޅުު ކުރައްވާފަ އެވެ. 

"މިހާރު މި މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް މި ގެންގުޅޭ ގޮތަށް ބަލާއިރު އަޅުގަނޑުމެން އެބަ ގަބޫލުކުރަން ޖެހޭ ތިން ފަރާތަކުން މީގެ ޒިންމާ އެބަ ނަގަން ޖެހޭ. ފުރަތަމަ ފަރާތަކީ ބަންޑާރަ ނައިބު. ދެވަނަ ފަރާތަކީ ފޮރިން މިނިސްޓަރު. އަދި މީގެ އެންމެ މުހިންމު ޒިންމާއެއް އަދާ ކުރަން ޖެހޭ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާކަމަށް އެބަ ގަބޫލު ކުރަން ޖެހޭ،" - އާދަމް ޝަރީފް

މޮރިޝަސް މައްސަލައާއި ގުޅިގެން ހުށަހެޅި ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރަމުން ދާއިރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި ހުކުމް ކުރުން ވަނީ އަންނަ ހުކުރު ދުވަހަށް ތާވަލުކޮށްފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް