ads
ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޑިވެލޮޕްމަންޓަށް 5.4 ހެކްޓަރުގެ ބިމެއް ހަވާލުކުރުން - ފޮޓޯ:އާބަންކޯ
ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޑިވެލޮޕްމަންޓަށް 5.4 ހެކްޓަރުގެ ބިމެއް ހަވާލުކޮށްފި
ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޑިވެލޮޕްމަންޓަށް 5.4 ހެކްޓަރުގެ ބިމެއް ޔޫތު މިނިސްޓްރީ އާ ހަވާލުކޮށްފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލެއަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އެ ކޯޕަރޭޝަނުން ކުރަމުން އަންނަ އެއް ކަމަކީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި އެހެނިހެން ރެކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުން ކަމަށެވެ. 

އެ ކޯޕަރޭޝަނުން މިހާރު ވަނީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޑިވެލޮޕްމަންޓަށް ހުޅުމާލޭން ބިމެއް ޔޫތު މިނިސްޓްރީ އާ ހަވާލުކޮށްފައި ކަމަށް އާބަންކޯއިން ބުނެއެވެ.

ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޑިވެލޮޕްމަންޓަށް މި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. 

އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

އާބަންކޯއިން ބުނެފައިވަނީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޑިވެލޮޕްމަންޓަށް ހަވާލުކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 5.4 ހެކްޓަރުގެ ބިމެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް