ads
ވެމްކޯއިން ވަނީ ބިންލައިނާ ހޯލްސޭލް އަދި ރީޓެއިލްކޮށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި - ފޮޓޯ:އަވަސް
ވެމްކޯގެ ކޮތަޅު ވިއްކަން ބޭނުންވާ ވިޔަފާރިތައް ހޯދަނީ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ފޯރުކޮށްދޭ ޑަސްބިން ކޮތަޅު ވިއްކަން ޝައުގުވެރިވާ ވިޔަފާރިތައް ހޯދަން އެ ކޯޕަރޭޝަނުން އިއުލާނުކޮށްފިއެވެ.

ވެމްކޯއިން ވަނީ ޑަސްބިން ކޮތަޅު ހޯލްސޭލް އަދި ރީޓެއިލްކޮށް ރައްޔިތުންނަށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެެވެ.

ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގާ ގޮތަށް ކަނޑައަޅާފައިވާއިރު، ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާއިން ފީ ނަގަން ނުޖެހޭ ގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެހެންނަމަވެސް އެ ކަމަށް އަމަލުކުރަން ފެށިއިރުވެސް އެކަން އޮތީ ނުވެއެވެ.

ޕްލާސްޓިކް ކޮތަޅުން ދެ ރުފިޔާގެ ފީއެއް ނަގަން ފެށުމާ ގުޅިގެން އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، ވެމްކޯއިން ބުނެފައިވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބިންލައިނާ ވިއްކަން ފަށާނެ ކަމަށެވެ. އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސްތަކުން ބިންލައިނާ ލިބެން ހުންނާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ ފަރާތުން ފޯރުކޮށްދޭން ނިންމާފައިވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅެވެ. އެއީ 17 އިންޗި، 11 އިންޗީގެ ކޮތަޅާއި 27 އިންޗި، 18 އިންޗީގެ ކޮތަޅުގެ އިތުރުން 48 އިންޗި، 36 އިންޗީގެ ކޮތަޅެވެ. މި ކޮތަޅުތަކުގެ ތެރެއިން ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ބަންދު ކުރާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެ ކޮތަޅުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ކުނި އުކާލުމަށް ހަމައެކަނި މި ކޮތަޅު ބޭނުން ކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް