ވެމްކޯގެ ފަރާތުން ފޯރުކޮށްދޭން ނިންމާފައިވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅެވެ. އެ ކޮތަޅުތައް ފޯރުކޮށްދިނުމަށް ވެމްކޯއިން ކަނޑައަޅާފައިވާ އަގުތަކަކީ:
ވެމްކޯއިން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސްތަކުން ބިންލައިނާ ލިބެން ހުންނާނެ ކަމަށެވެ.
މި ކޮތަޅުތަކުގެ ތެރެއިން ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ބަންދު ކުރާނީ ފެހިކުލައިގެ ކޮތަޅުގައި ކަމަށާއި އެހެނިހެން ކުނި ބަންދުކުރާނީ ކަޅު ކުލައިގެ ކޮތަޅުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ކުނި އުކާލުމަށް ހަމައެކަނި މި ކޮތަޅު ބޭނުން ކުރުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ވެމްކޯއިން ވަނީ ޑަސްބިން ކޮތަޅު ހޯލްސޭލް އަދި ރީޓެއިލްކޮށް ރައްޔިތުންނަށް ވިއްކަން ޝައުގުވެރިވާ ވިޔަފާރިތަކުން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވިޔަފާރި ހަރަކާތްތަކުން ޕޮއިންޓް އޮފް ސޭލްގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ޕްލާސްޓިކް ކޮތަޅުގެ ފީ ގެ ގޮތުގައި ދެ ރުފިޔާ ނަގާ ގޮތަށް ކަނޑައަޅާފައިވާއިރު، ކުނި މެނޭޖްކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ކުނި އެޅުމަށް ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާއިން ފީ ނަގަން ނުޖެހޭ ގޮތަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.