މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ހާހަކަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. މުބާރާތް ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މިއީ ހުޅުމާލޭގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
މިރޭ އޮންނަ ގަދަ 16ގެ މެޗުތައް
21:00 ވީކޭ ސްޕޯޓްސް - ވިއޭނާ ސްޕޯޓްސް
21:30 ބީޖީ ނިއުޖެނެރޭޝަން - ޔުނައިޓެޑް އީސްޓް ކޯސްޓް
22:00 ހުޅުމާލެ ސްޕޯޓްސް - ލޮރެންޒޯ ސްޕޯޓްސް
22:30 ކްލަބު ކާސިންޖީ - އެމްސީ ސްޕޯޓްސް
23:00 ކްލަބު އޯވަންއޯ - ޓީސީ ފްރެޓާނިޓީ
23:30 ޓީސީ ސްޕޯޓްސް - މަސްއޮޑި ޓައިޓަންސް
ޒަމާނުއްސުރެ މާލޭގައި ބާއްވަމުން އަންނަ ބައިބަލާ މުބާރާތް މިއީ ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮންމެ ބޭއްވި 25 މުބާރާތް ވެސް ބާއްވައިފައި ވަނީ މާލޭގަ އެވެ.
ހުޅުމާލޭގައި މުބާރާތް ބާއްވަނީ އާބަންކޯގެ އެހީތެރިކަމާ އެކު އެވެ.