
ޕްރިމިއަ ލީގުގައި އާސެނަލް ރޭ ބަލިވީ ރަށުން ބޭރުގައި ސިޓީ އަތުން ހަތަރު ލަނޑު އެއް ލަނޑުންނެވެ. މި މެޗަށް ނުކުތް އިރު 75 ޕޮއިންޓްގައި އެއްވަނައިގަ އާސެނަލް އޮތް އިރު، ދެ މެޗު މަދުން ކުޅެފައިވާ ސިޓީ ދެވަނައިގަ އޮތީ 70 ޕޮއިންޓާއެކުއެވެ.
ރޭ އާސެނަލް އަތުން ހޯދި ޕޮއިންޓާއެކު މިހާރު ސިޓީއަށް 73 ޕޮއިންޓް ލިބިފައިވާއިރު ސިޓީ ކުޅެފައިވަނީ 31 މެޗެވެ. އާސެނަލް 33 މެޗު ކުޅެފައިވެއެވެ. އެހެންކަމުން މެޗުތައް ހަމަވާއިރު އަމިއްލަ ބާރުގައި ސިޓީއަށް އެއްވަނަ މަގާމް ހޯދޭނެއެވެ.
ސިޓީ އަތުން ބޮޑު ތަފާތަކުން އާސެނަލް ބަލިވިއިރު، އޭގެ ކުރިން ކުޅުނު ތިން މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. ސިޓީ މެޗުގެ ކުރިން ކުޅުނު ތިން މެޗުންވެސް އާސެނަލްވީ އެއްވަރެވެ.
ރޭގެ މެޗުގައި ފުރަތަމަ ހާފު ފެށިގެން މާ އިރުތަކެއް ނުވަނީސް ސިޓީންވަނީ ލީޑު ނަގާފައެވެ. އަދި ހާފު ނިމުމުގެ ކުރިން ދެވަނަ ލަނޑެއްވެސް ޖެހިއެވެ. ފަހު ދެ ލަނޑު ޖެހީ ފަހު ހާފުގައެވެ. ލަނޑުތައް ޖެހީ އާލިން ބްރައުޓް ހާލަންޑް ޑިބްރޭނާ އަދި ޖޯން ސްޓޯންސް އެވެ. ޑިބްރޭނާ ދެ ލަނޑު ޖެހިއެވެ. އާސެނަލްއަށް ސުން ކަނޑުވާލަ ދިނީ ރޮބް ހޯލްޑިންއެވެ.