މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ހާހަކަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ. މުބާރާތް ކުރިއަށްދަނީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މިއީ ހުޅުމާލޭގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
މިރޭ އޮންނަ ކުއާޓާ ފައިނަލްގެ މެޗުތައް
21:00 ވީކޭ ސްޕޯޓްސް - މަސްއޮޑި ޓައިޓަންސް
21:30 ކްލަބު ވަންއޯވަން - ޔުނައިޓެޑް އީސްޓް ކޯސްޓް
22:00 ބްރަދާހޫޑް ސްޕޯޓްސް ކްލަބު - ހުޅުމާލެ ސްޕޯޓްސް ކްލަބު
22:30 ކްލަބު ޓީނޭޖު - ކްލަބު ކާސިންޖީ
ޒަމާނުއްސުރެ މާލޭގައި ބާއްވަމުން އަންނަ ބައިބަލާ މުބާރާތް މިއީ ހުޅުމާލޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ކޮންމެ ބޭއްވި 25 މުބާރާތް ވެސް ބާއްވައިފައި ވަނީ މާލޭގަ އެވެ. ހުޅުމާލޭގައި މުބާރާތް ބާއްވަނީ އާބަންކޯގެ އެހީތެރިކަމާ އެކު އެވެ.