މި އެއްބަސްވުމުގެ ދަށުން ބުރުންޑީގެ ރައްޔިތުންނަށް ވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ. އަދި ޓްރާންސިޓް ކުރުމުގައިވެސް މި އެއްބަސްވުމުގެ ދަށުން ވިސާ ނަގާކަށް ނުޖެހޭނެއެވެ.
ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅައިފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ޙުސައިނެވެ.
ބުރުންޑީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އދ. އަށް ކަނޑައަޅައިފައި ހުންނަވާ އެ ޤައުމުގެ ދާއިމީ މަންދޫބު ޒެފްރިން މަނިރަތަންގައެވެ.