ads
ބީއެމްއެލް މާލޭގެ ޑޮލަރު އޭޓީއެމް ސެންޓަރު ކުރީގެ ސްޓާ ސިނަމާ އިމާރާތަށް ބަދަލުކުރުމަށް އެ ބޭންކުން ވަނީ ނިންމާފައި - ފޮޓޯ:ބީއެމްއެލް
ބީއެމްއެލް މާލޭގެ ޑޮލަރު އޭޓީއެމް ސެންޓަރު ކުރީގެ ސްޓާ ސިނަމާ އިމާރާތަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ހިންގަމުން އަންނަ ޑޮލަރު އޭޓީއެމް ސެންޓަރު ބީއެމްއެލްގެ މަޖީދީ މަގު ބްރާންޗު ހުންނަ މ. ސްޓާ ކްލައުޑް، ކުރީގެ ސްޓާ ސިނަމާ ހިންގި އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.

ބީއެމްއެލުން ބުނެފައިވަނީ އާޓިފިޝަލް ބީޗު ކުރިމަތިން ހ. މެރިން ޑްރީމްގައި މިހާރު ހުންނަ ޑޮލަރު އޭޓީއެމް ސެންޓަރު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބަންދުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ސެންޓަރު ބަންދު ކުރުމާ އެކު މާލޭގެ ޑޮލަރު އޭޓީއެމް ސެންޓަރު ދެން ހިންގާނީ މ. ސްޓާ ކްލައުޑްގައި ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ ސްޓާ ކްލައުޑްގައި ހުންނާނީ ޑޮލަރު އޭޓީއެމް އެކަނި ކަމަށާއި އެ ސެންޓަރާއި އެންމެ ކައިރިން ދިވެހި ރުފިޔާ ނެގޭ އޭޓީއެމް ހުންނާނީ އައިޖީއެމްއެޗުގައި ހުންނަ އޭޓީއެމް ސެންޓަރުގައި ކަމަށެވެ.

މާލެ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހުޅުމާލޭގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރުތައް ހުރެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް