
މަލޭ މަގުމަތި. ފޮޓޯ:އެމްޕީއެސް
އިނގިރޭސި ވިލާތުގެ ގާޑިއަން ނޫހުން ދިވެހިންގެ ބޮޑު މައްސަލައެއް ހާމަކޮށްފި
އައިޝަތު ނޫރާ
27 އޭޕްރީލް 2023 - 23:25:19
ދިވެހި ގިނަ އަންހެނުން ދިރިއުޅޭ ބިރުވެރިކަމާ އަނިޔާވެރިކަމުގެ ހާލަތު އިނގިރޭސި ވިލާތުގެ "ދަ ގާޑިއަން" ނޫހުން މުޅި ދުނިޔެއަށް ހާމަކޮށްފިއެވެ.
އެގޮތުން އެ ނޫހުގައި ލިޔެފައިވާ ކޮލަމެއްގައި ވާގޮތުން ދިވެހި ރާއްޖޭގައި އަންހެނުން މަގުމައްޗަށް ނުކުތުމުން ތުމުން ފުމުން، ދަށުދަރަޖައިގެ ބަސްތައް ރައްދުކުރުމާ، ބިރުދައްކައިގެން ފޯނު ނަންބަރު ހޯދުން ފަދަ ކަންކަން ކުރާކަމަށެވެ.
ރާއްޖޭގައި އަންހެނުން އެމީހުންނަށް ލިބޭއަނިޔާގެ ވާހަކަތައް ހިއްސާކުރަނީ ވަރަށް މަދުންކަމަށް އެ ނޫހުގައި ލިޔެފައިވެެވެ.
"އަންހެނުންނާމެދު މުޖުތަމައުގެ ދެކޭގޮތުގެ ސަބަބުން ލިބޭ ފުރައްސާރަ ނިމުމަކަށް އަންނަންޖެހޭ. އަންހެނުންނަށް ގެއްލުންވާގޮތައް އާންމުކޮށް ދެކޭގޮތުގެ ސަބަބުން ދައްކާ ވާހަކަތަކާ، ހަޑިހުތުރު ނަންތަކުން މުހާތަބުކުރުން ނިމުމަކަށް އަންނަން ޖެހޭ،" -ގާޑިއަން-
މީގެ އިތުރުން އަންހެނުންގެ މައްޗަށް ލާޒިމުކުރާ ސަގާފީ ވާޖިބުތަކެއް ވެސް ދިވެހިން ގެންގުޅޭކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.
"ދަރިން ތަރުބިއްޔަތު ކުރުމާއި، ގޭތެރެ ސާފުކުރުމާއި، ދުވާލަކު ތިން ފަހަރު ކެއުން ކައްކައިދިނުމަކީ ގިނަ ފަހަރަށް އަންހެނެއްގެ ދައުރުތަކެއްގެ ގޮތުގައި ބަލާ. މި ހުރިހާ ކަމެއް ޕެޓްރިއާޗީ ޑިމާންޑް ކުރޭ. އަންހެނުންނަކީ ޕްރޮފެޝަނަލް ވަޒީފާތަކަށް ނުފެތޭ ބައެއް ކަމަށާއި ގޭގައި މަޑުކުރަން ޖެހޭ ކަމަށް ގަބޫލުކުރާ ފިރިހެނުން އަދިވެސް އެބަތިއްބި،" އެ ނޫހުގައި ފާތިމަތު އުޒްވާ ނަސީމް ލިޔެފައިވެއެވެ.
މިންތީގެ ހަމަހަމަކަން ހޯދުމަށް މަސައްކަތްކުރުމުގައި ރާއްޖެއިން އިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، ރާއްޖޭގެ މުޖުތަމައުގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އަނިޔާވެރި އުސޫލުތައް އަދިވެސް އެބަހުރިކަމަށް އެ ނޫހުގައި ލިޔެފައިވެއެވެ.
18%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
54%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް