ads
ހުކުރު ވިލޭރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާ އެމްބިއުލާންސަށް އަރުވަނީ - ފޮޓޯ:ސީއެންއެމް
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، އަންހެނަކަށް އަނިޔާ ވެއްޖެ
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާ ވެއްޖެ އެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ އިސްލާމިކް ބޭންކް ހުންނަ ސަރަހައްދު ބޮޑު މަގުގައި މިރޭ 12:05 ހާއިރު ހިނގި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

މަންޒަރުދުށް މީހަކު ސީއެންއެމް އަށް ބުނިގޮތުގައި އެކްސިޑެންޓްވެގެން އަނިޔާވެގެން ހޮސްޕިޓަލަށް ގެން ގޮސްފައިވަނީ އަންހެނެކެވެ. އޭނާ އެމްބިއުލާންސްއަށް އެރުވި އިރު އޭނާގެ މާ ބޮޑު ހަރަކާތް ހުރި ކަމަކަށް ނުވެ އެވެ. އޭނާ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލުގެ އެމްބިއުލާންސްގައި އެ ހޮސްޕިޓަލަށް ކަމަށް ވެ އެވެ.

މި ރޭ ހިނގި އެކްސިޑެންޓާ ބެހޭ އެއްވެސް މައުލޫމާތެއް ކަމާބެހޭ އެެއްވެސް އިދާރާއަކުން ލިބޭގޮތެއް އަދި ނުވެ އެވެ. ފަހަކަށް އައިސް ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް ދަނީ ގިނަވަމުންނެވެ. 

އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުން ބޮޑުވެ ބައެއް މީހުން ވަނީ މަރުވެފަ އެވެ. މި ހުސްވި ރޯދަ މަހު ވެސް ވަނީ އުތުރު ހުޅުމާލެ ( ފޭސް ދޭއް) ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެފަ އެވެ.

8%
ކަމުގޮސްފި
54%
އަޑުއެހިތާ މިހުރީ
23%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް