މުބާރާތުގެ ކުއާޓާ ފައިނަލްގެ ފޯރި ގަދަ މެޗުތައް ރޭވަނީ ކުޅެފައެވެ. މިރޭ ކުޅުން ފަށާނީ ސެމީ ފައިނަލް މެޗުތަކުންނެވެ. ސެމީ ފައިނަލްގެ ދެ މެޗަށް ފަހު އޮންނާނީ ފައިނަލްއެވެ.
ރޭގެ ފޯރިގަދަ ކުއާޓާ މެޗުތަކުން މޮޅުވެ، ސެމީ ޔަގީންކުރީ ވީކޭ ސްޕޯޓްސް އާއި ޔުނައިޓެޑް އީސްޓް ކޯސްޓްގ އަދި ހުޅުމާލެ ސްޕޯޓްސް ކްލަބާ ކްލަބު ޓީނޭޖެވެ.
ސެމީ ފައިނަލް ފުރަތަމަ މެޗުގައި 8:30 ގައި ވީކޭ ސްޕޯޓްސްއިން ނުކުންނާނީ ހުޅުމާލެ ސްޕޯޓްސްއާ ދެކޮޅަށެވެ. އޭގެ ފަހުން 9:15 ގައި ޔުނައިޓެޑް އީސްޓް ކޯސްޓުން ނުކުންނާނީ ކްލަބު ޓީނޭޖާ ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ މިރޭ 11:00 ގައެވެ.