ads
ޖިއާ ހާން
10 އަހަރު ފަހުން ޖިއާގެ "ގާތިލު" މިނިވަން ވެއްޖެ
ބޮލީވުޑު ފިލްމުތައް ކުޅުމާއި، ލަވަކިއުމުން މަގުބޫލުކަން ހޯދި ޖިއާ ހާން، ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ 2013 ވަނަ އަހަރުއެވެ.

ޖިއާގެ ހަށިގަނޑުގެ ޕޯސްޓު މޯޓަމް ހެދުމަށްފަހު ފުލުުން ނިންމާފައިވަނީ، އެނާ މަރުވީ އަމިއްލައަށް ކަމަށެވެ. 

ނަަމަވެސް ބޮލީވުޑުގައި އޭރު ފިޔަޖަމުން ދިޔަ އެކްޓަރު އަދި ޖިއާގެ ގާތް އެކުވެރިއާ ސޫރަޖް ޕަންޗޯލީ އަށް ޖިއާ މަރުވާން އުޅުކަން އެނގިހުރެ އެކަން ކަމާބެހޭ ފަރާތައް ނޭންގި މައްސަލަ ޖިއާގެ އާއިލާގެ ފަރާތުން ޖެއްސިއެވެ. 

އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޖިއާ ލިޔެފައިވާ 7 ޕޭޖުގެ ނޯޓެކެވެ. އެ މައްސަލައިގައި ސޫރަޖް 22 ދުވަހަށް ޖަލަށްވެސް ލިއެވެ. އަދި ފާއިތުވީ 10 އަހަރު ދުވަހު އިންޑިއާގެ ކޯޓުތަކުގައި ދިޔައީ މި މައްސަލަ ބަލަމުންނެވެ. 

ޖިއާގެ އާއިލާއިން ތުހުމަތު ކުރިގޮތުގައި ޖިއާގެ މަރަކީ ރާވައިގެން ހިންގި ލާއިންސާނީ އަމަލެކެވެ. ނަމަވެސް މިއަދު މި މައްސަލަ ބަލާ ކޯޓުން ވަނީ ސޫރަޖްގެ އެއްވެސް ކުށެއް ނެތްކަމަށް ބުނެ އޭނާ މިނިވަންކޮށްފައެވެ. 

your imageޖިއާ އަދި ސޫރަޖް

"މިނިވަން ވުމުން އަޅުގަނޑުގެ ބޮލުގައި އެޅުނު ދޮގު އިލްޒާމްވެސް މިހާރު ސާފުވާނެ. އަޅުގަނޑުގެ ސެލްފް ކޮންފިޑެންސް ވެސް އިތުރުވެއްޖެ،" ސޫރަޖް މިއަދު ބުންޏެވެ.

ސޫރަޖު އިތުރަށް ބުނެފައިވަނީ މައްސަލަ ދިގުލާ ދިޔަ ނަމަވެސް، އޭނާއަށް އިންސާފު ލިބޭނެ ކަމުގެ އުންމީދު އަބަދުވެސް އޮންނަކަމަށެވެ. 

"ދިގު 10 އަހަރުގެ ނިމުން މިއައީ. އެތައް ބައިވަރު ދުވަހަކަށް ފަހު މިއައީ. އެތައް ރެއަކު ނުބިދާވެސް އުޅުނިންނެ،" ސޫރަޖް މިއަދު ބުންޏެވެ.

ފިލްމު ފެއާގައި "ބެސްޓު ނިއުކަމާގެ" އެވޯޑުވެސް ހާސިލް ކޮށްފައިވާ ސޫރަޖްގެ ކެރިއަރުވެސް 10 އަހަރު ދުވަހަށް އޮތީ ހުއްޓިފައެވެ. ނަމަވެސް ކޯޓުގެ މި ނިންމުމާއެކު ސޫރަޖްއަށް އިތުރު ފުރުސަތުތަކެއް ލިބޭނެކަމަށް ބެލެވެއެވެ. 

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް