ads
ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި
ރާއްޖެއަށް ރަނގަޅުވާނީ އިޓްލޮސްގެ ނިންމުން ބަލައި ނުގަތުން: ނަޝީދު
އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ރާއްޖެއާއި ޗާގޯސް އާއި ދެމެދު ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ނިންމި ނިންމުން ބަލައި ނުގަތުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަން ކުރާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ ތެރެއިން 47،232 ކިލޯމީޓަރު ރާއްޖެއަށް އަދި 45،331 ކިލޯމީޓަރު މޮރިޝަސްއަށް ލިބިގެންވާ ކަމަށް އިޓްލޮސްއިން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނީ ޗާގޯސް ރަށްތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން ކަމަށެވެ. 

"ޗާގޯސް އަތޮޅުތަކުގެ ސިޔާދަތީ ބާރު ރާއްޖެއިން ދޫކޮށްލުމުން މިހާރު މިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައި، އަޅުގަނޑު ދެކޭ ގޮތުގައި މިކަން ބަލައި ނުގަތުމަކީ ރާއްޖެއަށް ރަނގަޅު ގޮތް،" - ނަޝީދު

ރައީސް ނަޝީދު އަންނަނީ ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގަން ޖެހޭ ތަނެއް ކަމަށް ތަކުރާކޮށް ވިދާޅުވަމުންނެވެ. އަދި މޮރިޝަސްގެ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިިޓީފުޅު ހާމަ ކުރެއްވުމަށްވެސް އެތަށް ފަހަރަކު ރައީސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. 

މީގެ ކުރިން ރައީސް ނަޝީދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއިން ބައެއް ދޫކޮށްލުން ވެގެން ދާނީ ރާއްޖޭގެ މަސްވެރިކަމަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް