ads
ޖެޓް ފިއުލް އުފުލުމަށް އެސްޓީއޯއިން ގާއިމް ކުރި
ޖެޓް ފިއުލް އުފުލާ ބާޖެއް އެސްޓީއޯއިން އޮޕަރޭޝަނަށް ގެނެސްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖެޓް ފިއުލް އުފުލުމަށް ހާއްސަ ބާޖެއް އެސްޓީއޯއިން އޮޕަރޭޝަނަށް ގެނެސްފި އެވެ.
Advertisement

"ލަގަނާ" ކިޔާ މި ބޯޓު ދައްކާލާފައިވަނީ މިއަދު ފުނަދޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ބާޖު ބަނދެފައި ވަނީ ހަންސާ ކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީއާއި އެކު އެވެ. 

ލަގަނާ ބާޖަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުން ކުރަން ފަށާ ޑެޑިކޭޓެޑް ޖެޓް ފިއުލް ބާޖް އެވެ. މި ބާޖު ބޭނުން ކުރާނީ އެސްޓީއޯއާއި އައިލެންޑް އޭވިއޭޝަންއާއި އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން މާފަރު އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ފޯރުކޮށްދިނުމަށެވެ. 

އެސްޓީއޯއިން ބުނީ މި ބާޖު ތައްޔާރު ކޮށްފައިވަނީ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރި ކަމާއިއެކު ގެންދިޔުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. 

މި ބާޖަކީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ހަމަވާ ބާޖެއް ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މިއީ ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެ މަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއިއެކު ކޮމިޝަންކޮށްފައިވާ ބާޖެއް ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ. 

ލަގަނާ ބާޖުގައި 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނަ އިރު ޒަމާނީ މިނެކިރުމުގެ އާލާތްތައްވެސް މި ބާޖުގައި ހުންނާނެ އެވެ. 

ލަގަނާ ބާޖުގައި މަސައްކަތް ކުރާ ކްރޫންނަށް ވަނީ އޭވިއޭޝަން ފިއުލް ހޭންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން ކަމާ ބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފަ އެވެ.

މި ބާޖު އޮޕަރޭޝަނަށް ގެނައުމާއެކު އެސްޓީއޯއިން ވަނީ އިންޑަސްޓްރީ ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީ އިން ފެށިގެން ފްލައިޓާއި ހަމައަށް ޓްރޭސް ކުރެވޭނެ ކޮލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމުކޮށްފަ އެވެ. އެގޮތުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގާ އެސްޓީއޯއިން މާލޭގައި ގާއިމްކުރި ލެބޯޓްރީގައި ޓެސްޓް ކުރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް