ads
އިސްލާމިކް މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަނީ.
މުދަލު ޒަކާތުގެ ނިސޯބް 7،312 ރުފިޔާ އަށް ބޮޑުކޮށްފި
ދިވެހި ރުފިޔާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސޯބަކީ 7،312 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މުދަލު ޒަކާތް ނެރެންޖެހޭ ނިސޯބު ކަނޑައެޅީ އެ މިނިސްޓްރީން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށެވެ. 

އެ އިއުލާނުގައި ވާ ގޮތުން އޭޕްރީލް 30، 2023 އިން ފެށިގެން މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ފަރާތްތަކުން މުދަލު ޒަކާތް ދައްކަން ޖެހޭނީ އަލަށް ކަނޑައެޅި ނިސޯބުގެ ދަށުންނެވެ. 

މިއަދުގެ ކުރިން މުދަލު ޒަކާތުގެ ނިސޯބު ބަދަލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އޭރު މުދަލު ޒަކާތުގެ ނިސޯބުގެ ގޮތުގައި ކަނޑައެޅީ 7،062.65 ރުފިޔާ އެވެ. 

އިސްލާމިކް މިނިސްޓްރީން މުދަލު ޒަކާތުގެ ނިސޯބު ކަނޑައަޅަނީ ބާޒާރުގައި ރަނާއި ރިހި ގަނެ ވިއްކާ އަގުތަކަށް ބަލައިގެންނެވެ. އެ އަގުތައް ހިސާބު ކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް