ads
މާޒިޔާއާ މޯހަން ބަގާން މިދިޔަ އަހަރު ކުޅުނު މެޗުގެ ތެރެއިން
މޯހަން ބަގާން އޭއެފްސީ ޕްލޭ އޮފަށް
އޭއެފްސީ ކަޕުގައި މާޒިޔާ ހިމެނޭ ގްރޫޕުގެ ފަހު ޖާގައަށް ވާދަކުރާ ޕްލޭ އޮފް ބުރުން، އިންޑިޔާގެ މޯހަން ބަގާން ފުރުސަތު ހޯދައިފިއެވެ.

މިދިޔަ އަހަރުވެސް ދެކުނު އޭޝިއާ ގުރޫޕުގެ އެއްވަނަ ހޯދައި އިންޓަޒޯނަލް ސެމީ ފައިނަލުން ފުރުސަތު ހޯދި އިންޑިޔާގެ ގަދަ ބާރު މޯހަން ބަގާން، އޭއެފްސީ ކަޕުގެ ޕްލޭ އޮފުން ފުރުސަތު ހޯދީ ޕްރިލިމިނަރީ ބުރުގައި ރޭ ހައިދަރުއާބާދު ޕެނަލްޓީން ބަލިކޮށްގެނެވެ. މި މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނީ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުވެސް ދެ ޓީމު އެއްވަރުވެފައި އޮތުމުންނެވެ. ދެ ޓީމު އެއްވަރުވީ އެކެއް އެކަކުންނެވެ.

އޭއެފްސީ ކަޕުގައި އޭއެފްސީ ކަޕުގައި މާޒިޔާ ހިމެނޭ ދެކުނު އޭޝިއާ ގްރޫޕުގެ ޕްލޭ އޮފަށް މޯހަން ބަގާން ކޮލިފައިވީއިރު، ގްރޫޕުގެ އަނެއް ތިން ޓީމުވަނީ މިހާރު ކަށަވަރުވެފައެވެ. އެއީ މާޒިޔާއާ އިންޑިޔާގެ އޮޑިއްޝާ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ.

ޕްލޭ އޮފް ސްލޮޓުން ދެކުނު އޭޝިޔާ ގްރޫޕުގެ ފަހު ޖާގައަށް ވާދަކުރަނީ ރާއްޖޭން އީގަލްސްއާ، އިންޑިޔާއިން މޯހަން ބަގާން، ނޭޕާލުން މަޗިންދުރާ ޔުނައިޓެޑް ބޫޓާނުން ޕާރޯ އެފްސީ އަދި ޕާކިސްތާނުން ވަޕްޑާ އެވެ. މީގެ އިތުރުން ސްޓޭންޑްބައި ޓީމެއްގެ ގޮތުގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑްވެސް މި ގްރޫޕުން ފުރުސަތެއް ހޯދުމަށް ޕްލޭ އޮފަށް އުއްމީދު ކުރެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް