ކޮމަންވެލްތު ލީޑަރުންގެ އިވެންޓު މި ބާއްވަނީ ކޮމަންވެލްތު ޗާޓަރުގައި ސޮއިކުރިތާ 10 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމާއި ކޮމަންވެލްތުގެ އިޔާ އޮފް ޔޫތް އަދި ކޮމަންވެލްތު އިޔާ އޮފް ޕީސް އަދި ވަކިން ހާއްސަކޮށް ކޮމަންވެލްތުގެ އާވެރިޔާ ރަސްގެފާނު ޝާލްސް ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތާއި ގުޅުވައިގެންނެވެ.
މިފަހަރުގެ ކޮމަންވެލްތު ލީޑަރުންގެ އިވެންޓާއެކު ކޮމަންވެލްތުގެ ލީޑަރުންނަށް، ހިޒް މެޖިސްޓީ ޗާލްސް ތިން ވަނަ އިނގިރޭސި ތަހިުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގެ ކުރިން އަދި ކޮމަންވެލްތުގެ އާލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނާއި ބައްދަލުވެވަޑައިގެން މަރުހަބާ ވިދާޅުވުމަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ.
މި އިވެންޓުގައި ކޮމަންވެލްތުގެ ލީޑަރުން ވަނީ ކޮމަންވެލްތުގެ ގައުމުތަކުން ހިފަހައްޓާ ހަމަތަކާ ބެހޭގޮތުންނާއި ކޮމަންވެލްތުގެ މުސްތަގްބަލާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މި އިވެންޓުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ސުލްހައާއި ދެމެހެއްޓެނިވި ތަރައްގީ ފަދަ ކަންކަމުގައި ކޮމަންވެލްތުގެ ޗާޓަރު ކުރިއަށް ގެންދިއުމުގައި ކޮމަންވެލްތުގެ ޒުވާނުންނަށް އޮތް ފުރުސަތުތަކަށް މަޝްވަރާ ކުރެވުނުކަމަށް ރައީސް އޮފީހުން ބުނެއެވެ.