ads
ބްރޯޑްކޮމް އިދާރާ-- ފޮޓޯ: ރާއްޖެ އެމްވީ
ބްރޯޑްކޮމްއަށް 24 މިލިއަން ރުފިޔާ ނުލިބި، ހޯދާކަށްވެސް ނޫޅޭ!
މޯލްޑިވްސް ބްރޯޑުކާސްޓިން ކޮމިޝަން (ބްރޯޑުކޮމް)އަށް ލިބެންޖެހޭ 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި ވާކަމަށާއި އެފައިސާ ހޯދުމަށް އެކޮމިޝަނުން އެކަށީގެންވާ މަސައްކަތްތަކެއްވެސް ނުކުރާކަމަށް ކޮމިޝަނުގެ 2021 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފިއެވެ.

އެގޮތުން ބްރޮޑްކާސްޓިން ކޮމިޝަނަށް 24،733،997 ރުފިޔާ ނުލިބި ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ. އެއީ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ނުލިބިހުރި ފައިސާގެ ޖުމްލަ އަދަދުކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އޭގެ ތެރޭގައި 2017 ވަނަ އަހަރު ލިބެން ޖެހި ނުލިބިހުރި 11.8 މިލިއަން ރުފިޔާވެސް ހިމެނެއެވެ. މީގެއިތުރުން 2018 ވަނަ އަހަރު 2.2 މިލިއަން ރުފިޔާ، 2019 ވަނަ އަހަރު 1.2 މިލިއަން ރުފިޔާ، 2020 ވަނަ އަހަރު 4.5 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 4.8 މިލިއަން ރުފިޔާ ނުލިބިވާކަމަށް އޮޑިޓުން ދައްކައެވެ.

އެފައިސާ ހޯދުމަށް ބްރޯޑުކޮމުން ކުރި ހަމައެކަނި މަސައްކަތަކީ ހުރިހާ ބްރޮޑްކާސްޓަރުންނަށް ފައިސާ ދެއްކުމަށް އަންގާ ނޯޓިސް ފޮނުވުން އެކަނިކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ބްރޯޑްކޮމްއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން، އެންމެ ގިނައިން ނުލިބިވަނީ ރީބްރޯޑްކާސްޓިންގް ލައިސެންސްގެ ފީގެ ގޮތުގައި ލިބެން ޖެހޭ ފައިސާކަމަށް ވެއް އޮޑިޓް ރިޕޯޓްގައި ބުނެފައެވެ.

އެގޮތުން ރީ ބްރޯޑްކާސްޓިން ލައިސެންސް ފީގެ ގޮތުގައި ނުލިބި 6.3 މިލިއަން ހުރިއިރު، ރީ ބްރޯޑްކާސްޓިން ލައިސެންސް ފީގެ ޖޫރިމަނާގެ ގޮތުގައި ނުލިބި 5.5 މިލިއަން ރުފިޔާ ހުރިކަމަށް އޮޑިޓް ރިޕޯޓްގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް