ads
ރާއްޖޭގެ ރަށެއްގެ މަންޒަރެއް
ދަރިންގެ ހަރަދު ނުދޭތީ ބައްޕަގެ މުސާރަ ކޯޓަށް ޖަމާކުރަން އަމުރުކޮށްފި
ދަރިންގެ ހަރަދު ނުދައްކާ ބައްޕައެއްގެ މުސާރައިން، ދަރިންގެ ހަރަދަށްވާ ފައިސާ ކޯޓަށް ދެއްކުމަށް ބައްޕަ ވަޒީފާ އަދާކުރަމުންދާ އިދާރާގެ މައްޗަށް އުތުރުގެ ރަށެއްގެ ކޯޓުން އަމުރުކޮށްފިއެވެ.
Advertisement

އުތުރުގެ ރަށެއްގެ ކޯޓަކުން ކުރި މި ހުކުމަކީ، ކައިވެނި ރޫޅުމަށް ފަހު ދަރިންނަށް ހަރަދު ނުކުރާ ބައްޕައެއްގެ އަތުން ހަރަދު ހޯދުމަށް ކުދިންގެ މަންމަ ދައުވާ ކުރުމުން ކުރި ހުކުމެވެ. 

މި މައްސަލައިގެ ރިޕޯޓުން އެނގޭ ގޮތުގައި މައްސަލައިގައި ހިމެނޭ ބައްޕައަކީ ސަރުކާރުގެ ވަޒީފާއެއްގައި އުޅޭ މީހެކެވެ. އޭނާއަށް ގަވައިދުން މުސާރަ ލިބެމުން ދިޔަނަމަވެސް ކުދިންނަށް ހަރަދެއް ނުކުރެއެވެ. އެކަން ކޯޓުގެ ރެކޯޑްތަކުން އެނގޭ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ. 

ކުދިންގެ މަންމަ މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ މަންމަ ކުދިންނަށް ކުރި ހަރަދުތަކެއް ހޯދުމަށެވެ. އެ ފައިސާ އަހަރަކަށް ބަހާލައިގެން ދައްކަން ކޯޓުގައި ބައްޕަ އެއްބަސްވީ ނަމަވެސް މަންމަ އެދިފައިވަނީ ގަވައިދުން ފައިސާ ނުދައްކާތީ ކުދިންގެ ބައްޕަގެ މުސާރައިން އެ ފައިސާ ނަގައިދިނުމަށެވެ. މުސާރައިން ދަރިންގެ ހަރަދު ކެނޑުމަށް ބައްޕަ އިންކާރު ކުރިއެވެ. 

އެކަމާ ގުޅިގެން ކޯޓުން ބެލި ބެލުމުން ބައްޕައަކީ ސަރުކާރުގެ ވަޒީފާގައި އުޅޭ މީހެއް ކަމާއި ގަވައިދުން މުސާރަ ލިބެމުންދާތީ މައްސަލަ ބެއްލެވި މެޖިސްޓްރޭޓް ނިންމެވީ ކޯޓު މެދުވެރިކޮށް ކުދިންގެ މަންމައަށް ފައިސާ ނަގައިދިނުމަށް ބައްޕަގެ މުސާރައިން ކެނޑުމަށެވެ. 

މި ގޮތަށް ނިންމައި މައްސަލަ ބެލި މެޖިސްޓްރޭޓް، ބައްޕަ ވަޒީފާ އަދާކުރަމުންދާ ސަރުކާރުގެ އިދާރާގެ މައްޗަށް އަމުރު ކުރީ ބައްޕަގެ މުސާރައިން ކުދިންގެ ހަރަދަށްވާ ފައިސާ، އަދި މަންމަ ކުރިން ކޮށްފައިވާ ހަރަދުތަކުން ބައްޕަ ދައްކަން ޖެހޭ ފައިސާ، މުސާރައިން ކަނޑައި ކޯޓުގެ އެކައުންޓަށް ޖަމާކުރަމުން ގެންދާށެވެ. 

މި މައްސަލައިގައި ހިމެނޭ މީހުންގެ ނަންތައް މި ހަބަރުގައި ހިމަނާފައިނުވަނީ ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށެވެ. 

94%
ކަމުގޮސްފި
2%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
1%
ވަރަށް ސަލާމް
ކޮމެންޓްސް