ads
ފެން ކުންފުނީގެ އެމްޑީއާއެކު އެފްއޭއެމްގެ ރައީސް
ޕްރިމިއަ ލީގުގެ ޓައިޓްލް ސްޕޮންސަރަކަށް ފެން ކުންފުނި
ރާއްޖޭގެ އެންމެ ބޮޑު ލީގު، ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖައްސައިފި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޓައިޓަލް ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ނުވަތަ ދައުލަތުގެ ފެން ކުންފުނި ހަމަ ޖެހުމާއެކު އެ ކުންފުނި ވެގެންދާނީ ދިވެހި ލީގަށް ޓައިޓަލް ސްޕޮންސަކަށް ޓެލެކޮމިއުނިކޭޝަން ދާއިރާއިން ބޭރުން ހަމަ ޖެހުނު ފުރަތަމަ ކުންފުންޏަށެވެ. މީގެ ކުރިން ލީގުގެ ޓައިޓަލް ސްޕޮންސާޝިޕް މުޅިން ވެސް ނަގައިފައިވަނީ މުޅިންވެސް ދިރާގާއި އުރީދޫ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓްގައިވާ ގޮތުން ލީގުގެ ސްޕޮންސަރަކަށް އެމްޑަބްލިއުއެސްސީ ހަމަޖެއްސީ މި ސީޒަނަށެވެ.

އާ ސީޒަންގެ ދިވެހި ލީގު ފެށޭނީ މިއަދު ހަވީރުއެވެ. މިއަދު ހަވީރު ފުރަތަމަ މެޗުގައި ވާދަ ކުރާނީ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

މި އަހަރަކީ އަށް ޓީމު ބައިވެރިކޮށްގެން ލީގު ކުރިއަށްގެންދާނެ ފަހު އަހަރެވެ. އެފްއޭއެމުން ނިންމާފައި ވަނީ އަންނަ އަހަރު އަތޮޅުތެރެއިން ތިން ޓީމާއި މާލޭ ޒޯނުން މި އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާ އެކު ޖުމުލަ 12 ޓީމު ހިމެނޭ ހޯމް އެންޑް އަވޭ އުސޫލުން ލީގު ކުޅުމަށް ހަމަޖައްސައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް