ކުރީގެ ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވިޓްގައި ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން އަންނަ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އެދޭކަމަށެވެ.
އެގޮތުން ރައްޔިތުންގެ ރައްކަލަށްޓަކައި ކައުންސިލް އިންތިހާބު ފަހުގެ ތާރީހެއްގައި ބޭއްވުމަށް އެދޭކަމަށް ރައީސް މައުމޫންގެ ޓްވީޓްގައި ވެއެވެ.
ރައީސް މައުމޫނު ކައުންސިލް އިންތިހާބު ފަސްކުރުމަށް އެދި ޓްވީޓް ކުރައްވާފައިވާއިރު މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން އިންތިހާބު ފަސްނުކުރުމަށް ގޮވާލާ އަންނަނީ ވާހަކަދައްކަވަމުންނެވެ.