ފުލުހުން މިރޭ ބުނިގޮތުގައި ބަލަމުންދަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.
މި މައްސަލަ ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދުރު 12:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ އެ ރަށު ޕޮލިސް ސްޓޭޝަނާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.
އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫންކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަށް ވުމުން، މިފަދަ މައްސަލަތަކުގައި އެ ކުދިންގެ އައިޑެންޓިޓީ ރައްކާތެރިކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް، ފުލުހުން ހާމަ ނުކުރެއެވެ.