ads
ސިހުރުގެ އަމަލެއް ދައްކުވާދޭ ފޮޓޮއެއް
ދޮން މަންމަ ދަރިފުޅުގެ ސިހުރުގައި ދިވެހި އަންހެނެއްގެ ދިރިއުޅުން ސުންނާފަތި
ނޯޓް: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ލިއުމެކެވެ. ނަމަވެސް ލިއުމުގައި ބޭނުން ކުރެވިފައިވާ ނަންތަކާއި ތަންތަނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވާނެއެވެ.
Advertisement

ހުކުރު ދުވަހު މެންދުރުފަހު ރަހުމަތްތެރިއެއްގެ ފޯން ކޯލެއް އައެވެ. އެދުނީ އޭނާއާއިއެކު ތަނަކަށް ދިއުމަށެވެ. ބޭނުންވަނީ ނޫހުގައި އާޓިކަލްއެއް ޖަހާދިނުމަށެވެ. އޭރުވެސް މިއީ ސިހުރާއި ގުޅޭ ކަމެއްކަމެއް ނޭންގެއެވެ.

މާފަންނު ސަހަރާ ކައިރިން މަގަކުން ވަންނަ ހަނިގޯޅިއަކަށް ވަދެގެން ގޮސް، ގޯޅީގެ މެދެއްހާ ހިސާބުގައި ހުރި އެއަކަށް ވަދެ ރަހުމަތްތެރިޔާ ސަލާމް ގޮވާލިއެވެ. ބޭރަށް ބޯދިއްކޮށްލާ ސަލާމް ބަލައިގަތީ އުމުރުން 50 އިން މައްޗަށް ގޮސްފައިވާ އަންހެނެކެވެ.

އިށީނުމަށް ގޮނޑިއެއް ދައްކާލުމަށްފަހު، ބަލި އެނދުގައި އޮތް އަންހެން ކުއްޖެއް ދައްކާލުމަށް ފަހު ބުނެފިއެވެ. 

"އަނެއްކާ އެކަންތައްގަނޑު ހިލިގެން މިއުޅެނީ، ކައިވެންޏެއް ކުރަން އެމަންޖެ އުޅޭ ކޮންމެ ފަހަރަކު މިކަމެއް އެބަޖެހޭ، ދައްތަ ވަރަށް ގިނަ މީހުން ކައިރިއަށް ގޮސްފިން، އެކަމަކު މިކަމުން ސަލާމަތެއް ނުވި"

އާސިމާ (އަސްލު ނަމެއް ނޫން) ކިޔައިދިން ގޮތުގައި ނޫރާ (އަސްލު ނަމެއް ނޫން) އަކީ އޭނާގެ ދެވަނަ ކައިވެންޏަށް ލިބުނު ހަމައެކަނި ދަރިފުޅެވެ. އޭގެ ކުރިން ކުރި ކައިވެންޏަށް ފިރިހެން ދަރިއަކު ހުރެއެވެ. އޭނާ މަސައްކަތް ކުރަނީ މާލެ އަތޮޅު ރިސޯޓެއްގައެވެ.

އާސިމާ ކިޔައިދިން ގޮތުން އޭނާގެ 26 އަހަރުގެ އަންހެން ދަރިފުޅު ނޫރާއަކީ އޭނާގެ މަރުހޫމް ފިރިމީހާގެ ހަމައެކަނި ދަރިފުޅެވެ. ނަމަވެސް އޭނާއާއި ކައިވެނި ކުރުމުގެ ކުރިން ފިރިހެން މީހާ ކައިވެނި ކުރި އަންހެން މީހާގެ ފިރިހެން ދަރިއަކު ހުރެއެވެ. ނަމަވެސް އެއީ ނޫރާގެ ބައްޕަގެ ދޮންދަރިއެކެވެ.

ނޫރާ ސްކޫލް ނިމެންދެންވެސް އޭނާއަށް މާބޮޑު ބަލިމަޑުކަމެއް ނުޖެހެއެވެ. އަދި ނޫރާއާއި އޭނާގެ ދޮން މަންމަގެ ދަރިފުޅާ ދުވަހަކުވެސް ދިމާވެފައިވެސް ނެތެވެ. ނޫރާގެ ދޮންމަންމަގެ ދަރިފުޅު އަލީ (އަސްލު ނަމެއް ނޫން) އުޅެނީ އޭނާގެ މަންމަގެ ރަށުގައެވެ. އެއީ މެދުރާއްޖެތެރޭގެ މީހުން ގިނަ ރަށެކެވެ.

އާސިމާ ކިޔައިދިން ގޮތުން ފުރަތަމަ ނޫރާއަށް އުނދަގޫ ވާންފެށީ އޭނާ ސްކޫލް ނިމި ކައިވެންޏެއް ކުރަން އުޅުނު ހިސާބުންނެވެ. މުޅި ހަށިގަނޑުން ވަރުގޮސް، ހޭނެތި ހޮޑުލެވި އެތައް އުނދަގުލެއް ވާން ފެށިއެވެ. ފުރަތަމަ ހީކުރީ މެޑިކަލް ކަމެއް ކަމަށެވެ. އެތައް ޑޮކްޓަރުންނަކަށް ދައްކާ އެތައް ޓެސްޓެއް ހެދި ނަމަވެސް ޓެސްޓަކުންވެސް ސްކޭނަކުންވެސް އެއްވެސް މައްސަލައެއް ނުފެނެއެވެ. ބޭހަކަށްވެސް ނުގުޑައެވެ.

އެންމެ ފަހުން އާސިމާ ނިންމީ ރުގްޔާ ކުރާ މީހަކަށް، ނޫރާ ދައްކާށެވެ. ރުގްޔާ ކުރާ މީހާ އައިސް ބަލާ ބެލުންތަކެއް ބެލުމަށްފަހު ގެއަށް ވަން ދޮރު ކައިރި ކޮނެ އެތަނުން އެއްޗެހި ތަކެއް ނެގިއެވެ. އެހިސާބުން ނޫރާއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނު ނަމަވެސް މުޅިން ރަނގަޅެއް ނުވެއެވެ. އެހެންކަމުން އިތުރަށް ކިޔަވައި، ބެލި ބެލުމުން މާފަންނު ސަހަރާގައިވެސް ސިހުރު ވަޅުލާފައި ހުރިކަމަށް ރުގްޔާ ކުރާ މީހާ ބުންޏެވެ.

އޭނާގެ އިރުޝާދުގެ ދަށުން އެތަކެތި ނަގާ ބާތިލްކޮށް ނައްތާލުމުން ނޫރާ އެއްކޮށް ރަނގަޅުވިއެވެ. ނަމަވެސް އެނެކާވެސް ކައިވެންޏެއް ކުރަން އުޅެން ފެށުމުން ކުރިންވެސް ދިމާވި ކަންކަން ދިމާވާން ފެށިއެވެ. އަނެއްކާވެސް އާސިމާ ނިންމީ ރުގްޔާ ކުރާ މީހާގެ އެހީ ހޯދާށެވެ.

މިފަހަރު އޭނާ ކިޔެވުމަށްފަހު ބުނީ، ގަބޫލުކުރަން ފެސް ދަތި ވާހަކައެކެވެ. މެދުރާއްޖެ ތެރޭ ރަށެއްގައި އުޅޭ އަލީ (އަސްލު ނަމެއް ނޫން) ކިޔާ މީހަކު ނޫރާއަށް ސިހުރު ހަދާފައިވާކަމަށެވެ. އަދި މިފަހަރު ސިހުރު ހަދާފައިވަނީ އެރަށުގެ ސަހަރާގައެވެ. އެހެންކަމުން ނޫރާ މާލޭގައި ބަހައްޓާފައި އާއިލާގެ އެހެން ބަޔަކާއިއެކު އާސިމާ ރުގްޔާކުރާ މީހާ ގޮވައިގެން އެރަށަށް ދިޔައެވެ. ކައުންސިލްގެ ހުއްދައާއިއެކު ސަހަރާކޮނެ ސިހުރު ނަގައި ބާތިލްކުރިއެވެ. ނަމަވެސް އޭގެ ހަތް އަހަރު ފަހުން މިއަދުވެސް ނޫރާއަށް ކައިވެންޏެއް ކުރެވޭ ގޮތެއް ނުވެއެވެ. ކައިވެންޏެއް ކުރަން އުޅޭ ކޮންމެ ފަހަރަކު ނޫރާއަށް ހަމަ އެއުނދަގޫ ވާންފަށައެވެ. މިހާރުވެސް ވެގެން އުޅެނީ އެހެނެވެ.

އާސިމާ ދެންބުނީ މިކަމުގެ އަސްލު ގުޅިފައިވާ ހިސާބެވެ. އާސިމާ ބުނިގޮތުން ނޫރާއަށްވެސް މިކަމުގެ ހަގީގަތެއް މިދިޔަ ހުކުރު ދުވަހާއި ހަމައަށް ނޭންގޭނެއެވެ. އަލީ އަކީ އޭނާގެ ފިރިމީހާގެ ދޮންދަރިއެވެ. ނޫރާގެ ދޮންމަންމަގެ ދަރިއެވެ. އަލީ ބަދަލު ހިފަނީއެވެ. އަލީގެ މަންމަ ވަރިކޮށްފައި ނޫރާގެ ބައްޕައިސް އާސިމާއާ ކައިވެނިކުރުމުގެ ބަދަލު ހިފުމެކެވެ. އާސިމާ ބުނިގޮތުން ފަހުން ބެލިބެލުމުން އެނގުނު ގޮތުގައި މެދު އުމުރުގެ އަލީ އަކީ އެރަށުގައިވެސް ސިހުރު ހަދާކަމަށް ނަންކިޔާ މީހެކެވެ.

6%
ކަމުގޮސްފި
23%
އަޑުއެހިތާ މިހުރީ
63%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް