ads
ރޭގެ އިވެންޓްގެ ތެރެއިން
ސިޔާސަތަކީ އުފެއްދުންތެރި ޒުވާނާ ބިނާކުރުން: ރައީސް
ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާ ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރޭ ފެށުނު ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރާއްޖޭގައި ތިބި ފަންނުވެރިންނާއި ހުނަރުވެރީން އަދި މަސައްކަތްތެރީންކުރައްވާފައިވާ އަގުހުރި ތާރީޚީ މަސައްކަތްކުގެ މައްޗަށް އަލިއަޅުއްވާ ލައްވާފައެވެ.

ދިވެހިރާއްޖެއަކީ ތަފާތު ހުނަރުތަކުން ފުރިފައިވާ އެތައް ފަންނުވެރިންނެއްގެ ފާޑުވެރިކަމަށް ހެކިދޭ ދިގު ތާރީހެއް އޮތް ގައުމެއްކަމަށާއި ދިވެހިންގެ ފަންނުވެރި މަސައްކަތްތަކުގެ ތެރެއިން ގަލުވަޑާމާއި، ލާފެންކުރުމާއި، ތެދު އުއި ވަޑާމާއި ކިއްސަރުވަޑާމުގެ މަސައްކަތްތަކާއި، ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފަންނުތައް ފާހަގަކުރެއްވޭކަމަށް ރައީސް ވިދާޅުވިއެވެ.

ފަންނުވެރިކަމަކީ، އިންސާނީ ވަސީލަތް ތަރައްގީކުރުންކަމަށާއި، ގައުމީ ތަރައްގީގެ ތަފާތު ދާއިރާތަކަށް ބޭނުންވާ މީހުން ބިނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ގައުމު، ގައުމަކަށް ވަނީ، ޒަމާނީ ވިސްނުންތަކާއެކު އެތަނެއް ތަރައްގީކޮށް ކުރިއަރުވާނެ ހުނަރުވެރި ފަންނުވެރިން ކުރާ ބުރަމަސައްކަތުން ކަނަވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023ގައި، 8 ގައުމަކުން 80 ވުރެ ގިނަ ފަންނުވެރީން ބައިވެރިވެފައި ވެއެވެ. 

މިއީ ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ މިފަދަ ފުރަތަމަ ފެސްޓިވަލެވެ. މިފެސްޓީވަލް ކުރިޔަށްދާނީ އިއްޔެއިން ފެށިގެން 13 އަށް ސޯޝަލްސެންޓަރުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް