ads
އިންފޮމޭޝަން ކޮމިޝަނަރު
ވަކިވަކި ފުލުހުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ގާނޫނާ ހިލާފަށް
ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިޔާ އައުޓް ބެނާ ނެގުމުގެ އޮޕަރޭޝަންގައި މަސައްކަތް ކުރި ވަކިވަކި ފުލުހުންގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
Advertisement

ހައިކޯޓުން މިގޮތަށް ކަނޑައެޅީ، އެ މައުލޫމާތު ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައެވެ. 

މި މައްސަލައަކީ، ރައީސް ޔާމީންގެ ގޭގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ޖަހާފައިވާ ބެނާ ނެގުމުގެ އޮފަރޭޝަންގައި ބައިވެރިވި ވަކިވަކި ފުލުހުންގެ މައުލޫމާތު ހޯދުމަށް ނޫސްވެރިޔާ އަހްމަދު އަޒާން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން ހުށަހެޅި މައްސަލައެވެ.

އެ މައުލޫމާތުތައް ހޯދުމަށް ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން އެ މައުލޫމާތު ދޭން ނުފެންނަ ކަމަށް ފުލުހުން އަޒާންއަށް އެންގުމުން އަޒާން އެ މައްސަލަ ދެން ހުށަހެޅީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ. 

އިންފޮމޭޝަން ކޮމިޝަނަރު މި މައްސަލައާ ގުޅިގެން ނިންމީ އަޒާން އެދިފައިވާ އެ މައުލޫމާތު ދޭން ޖެހޭ ކަމަށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މި ނިންމުން  އެ ހިސާބުން ފުލުހުންގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. 

އެ ހުށަހެޅުމާ ގުޅިގެން ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ، އިންފޮމޭޝަން ކޮމިޝަނަރު ހާމަކުރަން އެންގި، ވަކިވަކި ފުލުހުންގެ މައުލޫމާތަކީ ދޭން ޖެހޭނެ މައުލޫމާތެއް ނޫންކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް