މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އޮސްޓްރޭލިއާގެ މަޝްހޫރު ގަހަނާ ފިހާރަ "ޖާނަމަނީ ޖޯޖް ސްޓޯރު" ގެ ވެރިޔާ މައިކަލް ޖާމަނީ، 65 އެވެ.
ގަހަނާ ފިހާރައަށް ވަޅި ހިފައިގެން ދެ މީހަކު ވަދެ، ބިރު ދައްކައި އެތަނުން އެތައް މިލިއަން ޑޮލަރުގެ ގަހަނާ ވަގަށް ނައިގެން ވަގުންތަކެއް ފިލި ކަމަށް އޭނާ ބުނެއެވެ.
އަދި އެމައްސަލަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ޖޯޖް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ނަމަވެސް ފުލުހުންގެ ތަހުގީގުން އެނގުނީ އެ ފިހާރައިން ވައްކަން ކުރީ ޖޯޖް ފޮނުވި ބައެއް ކަމަށާއި އެކަން ކުރީ އިންސްއަރެންސަށް މަކަރު ހަދާ އިންސްއަރެންސް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން، އޭނާ ހައްޔަރުކޮށް ވައްކަމާއި މަކަރާއި ހީލަތް ހެދުމުގެ އިތުރަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މިހާރުވަނީ އުފުލާފައެވެ.