ބަންދު ކުރިނަމަވެސް އެތަނުން ދެމުން އައި ހިދުމަތްތައް އެހެން ދެ ސަރަހައްދަކުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
އެހެންވެ، ދަމަނަވެށިން މިހާރު ދޭ ހިދުމަތްތައް މާދަމާ އިން ފެށިގެން ބަދަލުވާނީ މާފަންނުގައި ހިންގާ އާބަން ޕްރައިމަރީ ހެލްތު ސެންޓަރު އަދި ހުޅުމާލެ 2 ގެ ޖީޕީ ކްލިނިކަށް ކަމަށް ބުންޏެވެ.
އެ ބަދަލާއެކު، ދަމަނަވެށީގައި މަސައްކަތްކުރަމުން ދިޔަ މުވައްޒަފުން ވެސް ވަނީ އެ ދެ ތަނަށް ބަހާލައިފަ އެވެ.
މާލެ ސަރަހައްދުގައި ދެވަނަ އަރބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު ގާއިމް ކުރުމުގެ ކުރިއަށްދާއިރު، މި ސެންޓަރުތަކުން ދަމަނަވެށިން ހިދުމަތްދޭ މިންވަރަށްވުރެ ފުޅާކޮށް ހިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފަ އެވެ.
އެގޮތުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް މި ސެންޓަރުތަކުން ހަމަޖައްސައިދޭނެ އެވެ. މީގެ އިތުރުން އާންމު ސިއްހަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;