މިއީ ރާއްޖޭގެ ކަންކޮޅުތަކުގައި ސަރުކާރުން ތަރައްގީ ކުރައްވަމުން ގެންދަވާ ކުޅިވަރު ވަސީލަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަކީ ސަރުކާރުން ކުޅިވަރު ކުޅޭތަންތަން ތަރައްގީކުރުމުގެ ސިލްސިލާގެ ދަށުން ކުރިޔަށްގެންދިޔަ މަސައްކަތެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތުގެ ދަށުން ފުވައްމުލަކުގައިވަނީ ބެޑްމިންޓަން ކުޅޭނެ ޒަމާނީ ފެންވަރުގެ 3 ކޯޓު ތަރައްގީކޮށްފައެވެ. ފުވައްމުލަކު ބެޑްމިންޓަން ސެންޓަރުގައި ގާއިމްކުރި ތިން ކޯޓަކީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ހަރަދުކޮންގެން ތަރައްގީކުރި ކޯޓުތަކެކެވެ.
މި ތިން ކޯޓު ގާއިމް ކުރުމަށް ޔޫތު މިނިސްޓްރީގެ ބަޖެޓުން ވަނީ މިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުކޮއްފައެވެ. ސަރުކާރުން ވަނީ މީގެ ކުރިން އައްޑޫ ސީޓީ އާއި ޅ. ނައިފަރުގައިވެސް ޒަމާނީ ފެންވަރުގެ ބެޑްމިންޓަން ކޯޓެއް ތަރައްގީކޮށް ހުޅުވާފައެވެ.