ads
ދަރިފުޅު މަރާ ކެއި މަންމަ
މަންމަޔަކު އޭނާގެ އަންހެން ދަރިފުޅު ކާލައިފި
އުމުރުން ދެ އަހަރުގެ އަންހެން ދަރިފުޅު މަރާލައި އޭނާގެ ހަށިގަނޑުގެ ބައިތައް ކެއި ކަމުގެ ތުހުމަތުގައި ކެންޔާގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ މިރާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ކެންޔާގެ ވެރިރަށް ނައިރޯބީގެ ރަށް ބޭރުގައި އޮންނަ ކިޓެންގެލާ އަވަށަށް ނިސްބަތްވާ އަންހެނެކެވެ.

އުމުރުން 24 އަހަރުގެ އޮލިވާ ނަސޭރިއަން އަށް ފުލުހުން ތުހުމަތު ކުރަނީ އޭނާގެ ދެ އަހަރުގެ އަންހެން ދަރިފުޅު ގްލޯރީ ނިޖޭރީ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައިތައް ކެއިކަމަށެވެ.

ފުލުހުން ބުނީ ދަރިފުޅު މަރާލުމަށްފަހު އޭނާގެ ހިތާއި، ފުރަމޭ އަދި ހަށިގަނޑުގެ ގިނަ ގުނަވަންތައް އަންހެން މީހާ ކެއި ކަމަށެވެ. އޭނާ ހައްޔަރުކުރީ އޭނާގެ އަވަށްޓެރިން ފުލުހުންނަށް އެންގުމުންނެވެ.

މަންޒަރުދުށް އަވަށްޓެރިއަކު ކިޔާދިން ގޮތުގައި، ދަރިފުޅު މަރާލިއިރު އޭނާގެ ގޭގެ ކުޑަދޮރެއް ހުޅުވާފައި ހުއްޓެވެ. އަދި އޭނާ ދަރިފުޅު މަރާލިއިރު އޭނާ ގެންދިޔައީ ރައީމްއެއް ކިޔަމުން ކަމަށްވެސް އަވަށްޓެރިޔާ ބުނެފައި ވެއެވެ.

"އަހަރެންގެ ދަރިފުޅާ ދަރިފުޅު ދެން ނުރޯނެ، ރަދިފުޅު ދެން ނިދާނީ އުމުރަށް، ދަރިފުޅު ދެކެ މަންމަ ވަރަށް ލޯބިވޭ" - އަވަށްޓެރިޔާ ކިޔާދިނެވެ.

ފުލުހުން ބުނީ މަންމަޔަކު ދަރިއަކު މަރާލައި އޭނާގެ ހަށިގަނޑުގެ ބައިތައް ކާނެކަމަށް ގަބޫލުކުރަން ދަތިކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއްވެސް ނޫންކަމަށްވެ. 

ފުލުހުން ބުނީ އޮލިވާ އެކަން ކުރީ ހަމަހޭގައި ހުރެގެން ކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އެހެން ކަމުން އޭނާގެ ސިކުނޑީގެ މައްސަލައެއް ހުރިތޯ ހަދަންޖެހޭ މެޑިކަލް ޓެސްޓްތައް ހަދަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.

9%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
34%
ވަރަށް ސަލާމް
ކޮމެންޓްސް