ads
ފޮޓޯ: މިނާ ނިއުސް އެޖެންސީ
އޮޕަރޭޝަން ކުރަމުން، ނަރުހެއް ރޭޕް ކުރި ނައިޖީރިއާ ޑޮކްޓަރެއް ހައްޔަރުކޮށްފި
ނައިޖީރިއާގެ ކުވާރާ ސްޓޭޓް އިލޮރިންގައި ހުންނަ ހޮސްޕިޓަލުގައި ނަރުހަކު އޮޕަރޭޝަން ކުރަމުން ގޮސް މެދު އުމުރުގެ މެޑިކަލް ޑޮކްޓަރެއް ކަމަށްވާ އަޔޮޑެލޭ ޖޯސެފް ޕެރޭޑް އޭނާ އެ ނަރުސް މީހާ ރޭޕް ކުރިކަމަށް އެ ގައުމުގެ ފުލުހުން ހާމަކޮށްފިއެވެ.
Advertisement

މިކަން ހާމަކޮށްފައިވަނީ އެ ސްޓޭޓުގެ ކޮމިޝަނަރު އޮފް ޕޮލިސް ޕޯލް އޮޑާމާއެވެ. މި މައްސަލައިގައި 13 މީހަކު އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.

ހައްޔަރުކުރި 13 މީހުންގެ ތެރޭގައި އިލޮރިންގެ ސޯމިލް އޭރިއާގެ އަޔޯޑެލޭ ހޮސްޕިޓަލްގެ ޗީފް މެޑިކަލް ޑިރެކްޓަރު ޖޯސެފް ހިމެނެ އެވެ.

މި އަމަލުގައި ޑޮކްޓަރާއެކު އެކި ގޮތްގޮތުން އެހީތެރިވެދީ ބައިވެރިވިކަމަށް ޝައްކު ކުރެވޭ މީހުންނަށް ހައްޔަރުކުރުމަށްފަހު ކޮމިޝަނަރު އޮދާމާ ވިދާޅުވީ ޖޯސެފް އަކީ އެ ސްޓޭޓްގެ އެންމެ ނުރައްކާތެރި އެއް މެޑިކަލް ޕްރެކްޓިޝަނަރު ކަމަށެވެ. 

މި ރޭޕުގެ އަމަލު ހިންގާފައިވަނީ މެއި މަހުގެ 5 ވަނަ ދުވަހު އެވެ. 

މިކަން ފަޅާއަރާފައިވަނީ ނަރުސް މީހާ އޮޕަރޭޝަން ކުރުމުގެ ކުރިން އެނާ ސިއްރުން ފޯނު ބަހައްޓައިގެން ވީޑިއޯ ރެކޯޑުކޮށް ފަހުން އެ ވީޑިއޯ ބެލުމުންނެވެ. 

"ތަހުގީގުގެ ސަބަބުން އެ ޑޮކްޓަރުގެ ޖިންސީ ހަރަކާތުގެ ވީޑިއޯ ރެކޯޑިން ހޯދިފައިވާއިރު އެކަން ވެސް ޝިކާރައަކަށް ވެފައިވާ ނަރުސްމީހެ މެޑިކަލް އިމްތިހާނުތަކުން ސާބިތުވޭ" ކޮމިޝަނަރު ވިދާޅުވިއެވެ. 

ރޭޕްގެ ތުހުމަތުކުރެވޭ ޑޮކްޓަރުގެ އިތިރު މައްސަލައެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އެއީ އޭނާގެ ފަރުވާކުޑަކަމުން އޮޕަރޭޝަން ކުރަމުން ދިޔަ މީހަކު މަރުވި މައްސަލައެވެ.

53%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް