ads
ރާއްޖޭގެ ރަށެއް
ދަރިންނަށް ހަރަދުނުކުރާތީ ބައްޕަ ގޭ ބަންދުކޮށްފި
ދަރިންނަށް ހަރަދު ނުކޮށްގެން ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ބައްޕައަކު ގޭ ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.
Advertisement

މިއީ މެދު ރާއްޖެތެރޭގެ ރަށެއްގެ އަންހެނަކާއި ރާއްޖޭގެ ދެކުނުގެ ރަށެއްގެ ފިރިހެނަކާ ދެމެދު އުފެދުނު އެ ދެ މީހުން އިނދެގެން ލިބުނު ދަރިންނަށް، ކައިވެނި ރޫޅުނު ފަހުން ކުދިންގެ ބައްޕަ ހަރަދު ނުކުރުމުގެ މައްސަލައެކެވެ. 

ދަރިންނަށް ހަރަދު ނުކޮށްގެން، ކުދިންގެ މަންމަ ތިން ފަހަރެއްގެ މަތިން ކޯޓަށް ދިޔައެވެ. ކޮންމެ ފަހަރަކުވެސް ކުދިންގެ ބައްޕަ، ކުދިންނަށް ހަރަދު ކުރާނެ ކަމަށް ކޯޓުގައި ބުނި ނަމަވެސް ގަވައިދުން ހަރަދު ނުކުރާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. 

މި މައްސަލައިގައި ކުދިންގެ ބައްޕަ ގޭ ބަންދު ކުރަން ކޯޓުން އަމުރު ކުރުމުގެ ކުރިން ބައްޕަގެ އެކައުންޓުގައި އެއްވެސް ފައިސާއެއް ހުރިތޯ ބޭންކު މެދުވެރިކޮށް ބެލިއެވެ. އެކަމަކު ކުދިންގެ ބައްޕަގެ އެކައުންޓުގައި ފައިސާއެއް ނެތް ކަމަށް ބޭންކުންވަނީ ކޯޓަށް އަންގާފައެވެ. 

ކުދިންގެ ބައްޕައަކީ ދާއިމީ ވަޒީފާއެއްގައި އުޅޭ މީހެއްތޯ ބަލައި ވަޒީފާގައި އުޅޭނަމަ މުސާރަ ކޯޓަށް ޖަމާކުރަން އަމުރު ކުރަންވެސް ކޯޓުން އެކަން ސާފު ކުރިއެވެ. އެހެންނަމަވެސް ކުދިންގެ ބައްޕައަކީ ދާއިމީ ވަޒީފާއެއްގައިވެސް މިހާރު އުޅޭ މީހެއް ނޫން ކަމުން އެކަންވެސް ވާގޮތެއް ނުވިއެވެ. 

މި މައްސަލައިގައި ދެ މަސް ދުވަހަށް ކުދިންގެ ބައްޕަ ގޭ ބަންދު ކުރަން ކޯޓުން އަމުރުކުރީ، މީގެ ކުރިންވެސް ކޯޓު ހުކުމާ އެއް ގޮތަށް ދަރިންނަށް ހަރަދު ނުކުރާތީ، އަދި ބައްޕަ ހަރަދު ނުކުރާތީ އެކަމުގައި ޝަރީއަތުން ގޮތެއް ކަނޑައެޅުމުގައި އެއްވެސް ލުޔެއް ދޭން ކުދިންގެ މަންމަ ބޭނުންވެސް ނުވުމުންނެވެ. 

ކުދިންނަށް ހަރަދު ނުކުރާތީ ބައްޕަ ގޭ ބަންދު ކުރަން ކޯޓުން އަމުރު ކުރިއިރު، ކުދިންނަށް ހަރަދު ނުކުރާ ބައްޕައެއްގެ މުސާރަ ކޯޓަށް ޖަމާ ކުރަންވެސް މި ފަހުން ކޯޓުންވަނީ އަމުރެއް ކޮށްފައެވެ. 

މި މައްސަލައިގައި ހިމެނޭ މަންމައާއި ބައްޕަގެ މައުލޫމާތު ސީއެންއެމަށް ލިބިފައިވީނަމަވެސް އެ މައުލޫމާތު ހާމަ ނުކުރީ އެ ދެ މީހުންގެ ދަރިންގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ. 

76%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
5%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް