ads
ރައީސް ޔާމީންގެ ލީގަލް ޓީމް
ފުއްގިރި މައްސަލަ ސުޕްރީމް ކޯޓުގެ މިއަދުގެ ތާވަލުގައި ނެތް
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާ ނިންމުންތަކުގެ އިސްތިއުނާފުގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، މިމައު މިމައްސަލާގައި ހުކުމް ކުރާނެކަމަށް ބެލެވުނު ނަމަވެސް ސްޕްރީމް ކޯޓްގެ މިއަދުގެ ތާވަލުގައި މިއައްސަލަ އަދި ނެތެވެ.

މިމައްސަލައިގެ އަޑު އެހުމް މިއަދަށް ތާވަލު ނުކުރާކަން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މިމައްސަލާގައި ސްޕްރީމް ކޯޓްގެ ބަހެއް ނުލިބޭތީ، ދެން ތާވަލު ކުރާނެ ދުވަހެއް އަދި ސާފެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދުގެ ނިޔަލަށް މަޑުޖައްސާލަން ސުޕްރީމް ކޯޓުން ކުރިން ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ހުސްނުއްސުއޫދާ، ޝުޖޫން އަދި ޑރ. މުހައްމަދު އިބްރާހީމެވެ. މި މައްސަލައިގައި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އޮތް އަޑު އެހުން ދެ ގަޑިއިރެއްހާއިރަށް ދެމިގެން ދިޔައިރު ހޯމަ ދުވަހު އޮތް ފަހު އަޑުއެހުން ފަސް ގަޑިއެއްހާއިރަށް ދެމިގެން  ދިޔައެވެ.

އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެ މައްސަލާގައި ޔާމީންގެ އިތުރުން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާއާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ.

ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް