ads
ރާއްޖޭގެ ރަށެއްގައި އެޅުމަށް ކުރިން އާއްމުކުރި ހޮސްޕޮޓަލެއްގެ ޑިޒައިނެއް
ހަތް ހޮސްޕިޓަލަކަށް 686 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް
686 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއު ތަކުގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ކުވައިތު ފަންޑުން ހަރަދުކޮށްގެން ހިންގާ މަޝްރޫއު ތަކެކެވެ. މިމަޝްރޫއުގެ ދަށުން ހދ ހަނިމާދޫއާއި ށ މިލަންދޫއާއި ނ ވެލިދޫއާއި ކ ތުލުސްދޫއާއި އދ މާމިނގިއްޔާއި ވ ފެލިދޫއާއި  އަދި ތ ވިލުފުށީގައި ހޮސްޕިޓަލް އިމާރާތް ކުރުމަށް މިއަދު ވަނީ ހަވާލުކޮށްފައެވެ. 

  • ހދ. ހަނިމާދޫ ހޮސްޕިޓަލް 90,512,216.05 ރުފިޔާ
  • ށ. މިލަންދޫ ހޮސްޕިޓަލް: 95,627,718.15 ރުފިޔާ
  • ނ. ވެލިދޫ ހޮސްޕިޓަލް: 95,627,718.15 ރުފިޔާ
  • ކ. ތުލުސްދޫ ހޮސްޕިޓަލް: 91,767,709.06 ރުފިޔާ
  • އދ. މާމިގިލި ހޮސްޕިޓަލް: 101,227,176.03 ރުފިޔާ
  • ވ. ފެލިދޫ ހޮސްޕިޓަލް: 102,049,555.63 ރުފިޔާ
  • ތ. ވިލުފުށި ހޮސްޕިޓަލް: 109,277,431.15 ރުފިޔާ

ހަތް ހޮސްޕިޓަލުގެ ޖުމްލަ އަގު 686 މިލިއަން ރުފިޔާއަށް އަރާއިރު، ހދ ހަނިމާދޫ، އދ މާމިނގިލި، ވ ފެލިދޫ އަދި ތ ވިލުފުށީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ޑްޕްލެކްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ށ މިލަންދޫ، ނ ވެލިދޫ އަދި ކ ތުލުސްދޫ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ އާނަންޑް ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑަށެވެ.

މިއަދު ހަވާލުކުރި ހަތް ހޮސްޕިޓަކަލީވެސް 30 އެނދުގެ ހޮސްޕިޓަލްތައް ކަމަށާއި ހޮސްޕިޓަލްތައް އިމާރާތް ކުރެވޭނީ ކޮވިޑް ފަދަ ބަލިމަޑުކަމުގެ ހާލަތްތަކުގައިވެސް ހޮސްޕިޓަލުގެ ހިންގުން ނުހުއްޓޭނެގޮތަށް، ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއާ އެކުކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މި ހޮސްޕިޓަލު ތަކުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިމޭއިރު އަވިން ކަރަންޓް އުފެއްދުމަށް 150 ކިލޯ ވޯޓްގެ ސޯލާ ޕީވީސީ ހަރުކުރުމުގެ އިތުރުން ކޮންމެ ހޮސްޕިޓަލެއްގައި އޮކްސިޖަން ޕްލާންޓެއްވެސް ބެހެއްޓޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް