ads
ސްކޮލަޕިޝް ލިބުނު ދަރިވަރަކަށް ރޭ ލިއުން ހަވާލުކޮށްދެއްވަނީ
155 ދަރިވަރަކަށް ސްކޮލަޝިޕް ލިބިއްޖެ
2022 ވަނަ އަަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަޝިޕް 155 ދަރިވަރަކަށް ލިބިއްޖެއެވެ.

ރޭ ހުޅުމާލޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ހަވާލުކުރުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕް 17 ދަރިވަރަކަށް އަދި ހައި އެޗީވަސް ސްކޮލަރޝިޕް 138 ދަރިވަރަކަށް ވަނީ ދެއްވާފައެވެ.

ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންގެ ތެރެއިން 102 ދަރިވަރުންނަކީ އަންހެން ދަރިވަރުންނެވެ.

މި ސްކޮލަޝިޕްގައި ދަރިވަރު ބޭނުންވާ ކޮންމެ ދާއިރާއަކުން ބޭނުން ގައުމެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ.

2022 ވަނަ އަަހަރު މަތީ ޘާނަވީ އިމްތިޙާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަޝިޕް ހާސިލުކުރި 17 ދަރިވަރަކަަށް އެކަމާއި ގުޅޭ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހެވެ. 

ހައި އެޗީވަސް ސްކޮލަރޝިޕް ހާސިލްކުރި 138 ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ސަރުކާރުގެ ބައެއް ވަޒީރުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް