ރޭ ހުޅުމާލޭ އުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަރޝިޕް ހަވާލުކުރުމުގެ ޖަލްސާގައި ރައީސް ވިދާޅުވީ މެރިޓް ސްކޮލަޝިޕްގެ ނަމުގައި ސްކޮލަރޝިޕެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
މިއީ ހާއްސަ އެވޯޑާއި ހައި އެޗީވަރސް ސްކޮލަރޝިޕް ނުލިބޭ ދަރިވަރުންނަށް އަމާޒުކޮށް ހުޅުވާލާ ފުރުސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެދަރިވަރަކު ކުރިއަށްދާން ބޭނުންވާ ކޯހެއްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއިން އޭ ސްޓާ ހޯދާ ދަރިވަރުންނަށް މި ސްކޮލަރޝިޕް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލަށް ތައާރަފްކުރައްވާ ސްކޮލަރޝިޕާއި ގުޅޭ ތަފްސީލްތައް، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ.