ads
ނެޗުރަޕް މޭކަޕް ލުކް
ގުދުރަތީ މޭކަޕް ލުކެއް ހޯދާނެގޮތް
މޭކަޕްކުރުމަކީ ތިމާގެ ގުދުރަތީ ސިފަތައް އިތުރަށް ޒީނަތްތެރިކޮށްދީ އަމިއްލަ ނަފްސަށްކުރާ އިތުބާރު ބޮޑު ކުރުމަށް ކުރެވިދާނެކަމެކެވެ.

ބައެއް ފަހަރު، މާބޮޑަށް މޭކަޕްކޮށްފައިވާ މޫނަކާއެކު ބޭރަށް ދާން ބޭނުން ނުވެދާނެއެވެ. ގުދުރަތީ މޭކަޕް ލުކެއް ހާސިލް ކުރަން ބޭނުން ނަމަ، މިއީ ފަށަން އެހީތެރިވެދޭނެ ބައެއް އިރުޝާދުތަކެކެވެ.

ސްކިންކެއާ ފެށުން: ގުދުރަތީ މޭކަޕް ލޫކެއްގެ ތަޅުދަނޑިއަކީ ހަނގަނޑުގެ ތާކާކަމެވެ. މާނައަކީ ގަވާއިދުން ހަންގަނޑަށް ފަރުވާ ދިނުމުގެ އުސޫލުން ހަންގަނޑަށް ފަރުވާ ދޭނަމަ ހަންގަނޑު ޒުވާންކޮށް ތާޒާކޮށް ހުންނާނެއެވެ. ކޮންމެ ދުވަހަކު ހަންގަނޑު ސާފުކޮށް، ޓޯންކޮށް، މޮއިސްޗަރައިޒް ކުރަން ޔަގީން ކުރަން ޖެހެ އެވެ. މިއީ މޭކަޕް އަށް އޮމާން ކެންވަހެއް އުފެއްދުމަށް އެހީތެރިވެދޭނެ ކަމެކެވެ. ސިއްހަތަށް ފައިދާކުރުމުގެ އިތުުރުން ރަނގަޅު ގްލޯއެއް ހަނގަޑަށް ލިބިގެންދާނެ ކަމެކެވެ.

ލައިޓް ފައުންޑޭޝަނެއް ބޭނުންކުރުން: ހަމުގެ ކުލަ އެއްވަރު ކުރަން ބޭނުން ނަމަ ހަމުގެ ކުލައާ ގުޅޭ ލައިޓް ފައުންޑޭޝަނެއް ހޮވާށެވެ. ލުއި އަދި ގުދުރަތީ ތަކެތިން އުފައްދާފައި ހުންނަ ފޯމިއުލާއެއް ހޯދާށެވެ. ނެޗުރަލް ލުކެއް ހޯދުމަށް މަޑުތްކަމެއް ހުން ބިއުޓީ ސްޕޮންޖަކުން ފައުންޑޭޝަން އުނގުޅާށެވެ.

ހަމައެކަނި ބޭނުންވާ ތަންތަނުގައި ފޮރުވުން: މުޅި މޫނުގައި ކޮންސިލާ ބޭނުން ކުރުމުގެ ބަދަލުގައި ހަމައެކަނި ބޭނުންވާ ތަންތަނުގައި ކޮންސިލަރާ އުނގުޅާށެވެ. މިއީ ލޮލުގެ ދަށުގައި، ނޭފަތުގެ ވަށައިގެން ގިނަ ފަހަރު ހުންނަ ކުދި ލައްތައް ފިލުވާލަން ކުޑަ ބުރުހެއް ބޭނުންކޮށްގެން އުނގުޅައިގެން ގުދުރަތީ ގޮތަކަށް ބްލެންޑް ކޮށްލާށެވެ.

ކުލައެއް އިތުރުކުރުން: މޫނަށް ކޮންމެވެސް ވަރެއްގެ ދިރުމެއް ގެނައުމަށްޓަކައި ކްރީމް ބްލަޝް ނުވަތަ ބްރޮންޒަރެއް ބޭނުން ކުރާށެވެ. ކޯތާފަތުގެ ފަށައިގެން ގޮސް ކަރާ ދިމާލަށް އަދި އިސްތަށިގަނޑާ ދިމާއަށް ބްލެންޑް ކޮށްލާށެވެ. މިއީ ނާޒުކު، ގުދުރަތީ ގޮތަކަށް ފެންނަ ފްލަޝް އެއް ލިބިގެންދާނެ ކަމެކެވެ.

ނިތްކުރި ޑެފިނޭޓް ކުރުން: ނިތްކުރި އަކީ ކޮންމެ މޭކަޕް ލުކެއްގައި ވެސް ބޮޑު ރޯލެއް އަދާކުރާތަނެކެވެ. ފަބްސޫރެއް ނުވަތަ ޕައުޑަރެއް ބޭނުންކޮށްގެން ސޮފްޓު ލުކެއް ނިތްކުރިއަށް ގެންނާށެވެ. 

ލޯ ސާދާކޮށް ބެހެއްޓުން: ގުދުރަތީ ލޫކަކަށް ބްރައުން އަދި އަޅި ކުލަ ފަދަ ނިއުޓްރަލް ޝޭޑްތަކުން ލޯ ޒީނަތްތެރިކުރާށެވެ.  ލުއި ގޮތަކަށް އިހުތިޔާރުކުރާ ކުލައެއް މޫނާއި ބްލެންޑްކޮށްލާށެވެ. އެސްފިޔަތައް ކޮޅަށް ކުޑަ މަސްކަރާ ކޮޅެއް އަޅައިގެން ވެސް އެސްފިޔަތަކަށް ތާޒާ ނެޗުރަލް ލުކެއް ގެނެވިދާނެއެވެ. 

ނިންމާލާނީ ގުދުރަތީ ތުންފަތުގެ ކުލައަކުން: ލޫކް ފުރިހަމަ ކުރުމަށްޓަކައި ގުދުރަތީ ތުންފަތުގެ ކުލައާ ގާތް ތުންފަތުގެ ކުލައެއް ހޮވާށެވެ. 

ހަނދާން ކުރަންވީ ކަމަކީ ގުދުރަތީ މޭކަޕް ލޫކެއްގެ ތަޅުދަނޑިއަކީ ގުދުރަތީ ރީތިކަން އިތުރުކޮށްދިނުމެވެ. ހަމައެކަނި ކުލަތަކަކުން މޫނު ފޮރުވުމެއް ނޫނެވެ. މި ޓިޕްސްތަކާއެކު ކޮންމެ މުނާސަބަތަކަށް ވެސް ފުރިހަމަ ތާޒާ، ގްލޯވިން ނެޗުރަލް ލުކެއް ހާސިލް ކުރެވޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް