ads
އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބޯޑު މެންބަރުން --- ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 16.6 ބިލިއަން ރުފިޔާ
އެސްޓީއަށް ގްރޫޕަށް މިދިޔަ އަހަރު 16.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
Advertisement

އެސްޓީއޯގެ ވެބްސައިޓްގައި އިއްޔެ އާންމުކުރި 2025 ވަނަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުން އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު ލިބުނު އާމްދަނީ ވަނީ 2024 ވަނަ އަހަރާއި އަޅާބަލާއިރު 0.5 ޕަސެންޓް ދަށްވެފަ އެވެ.

އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއި ޝިޕިން ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމެވެ. ތެލުގެ އާމްދަނީ ދަށްވި ނަމަވެސް ތެޔޮ ވިކުނު އަދަދު ވަނީ 8 އިންސައްތައިން އިތުރުވެފަ އެވެ. މީގެ އިތުރުން އިންޝުއަރެންސް، ގޭސް އަދި ޓްރޭޑިން ވިޔަފާރި ވަނީ މިދިޔަ އަހަރު ރަނގަޅުވެފަ އެވެ. 

އެސްޓީއޯ ގްރޫޕްގެ ފައިދާ ދަށްވި ނަމަވެސް، އެކުންފުންޏަށް އެކަނި ލިބުނު އާމްދަނީ އާއި ފައިދާ ވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ އިތުރުވެފަ އެވެ. އެކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 15.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ޓެކުހަށް ކެނޑުމަށްފަހު، ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ ގްރޫޕަށް ވަނީ 785 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލާއިރު ދެ ޕަސެންޓުގެ ކުރިއެރުމެކެވެ. އެގޮތުން 2024 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 772 މިލިއަން ރުފިޔާ އެވެ.

އެސްޓީއޯގެ މިދިޔަ ހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ބައްދަލުވުން އޮންނާނީޑުސިޓް ޑީ-2 ފޭދޫ މޯލްޑިވްސްގަ އެވެ.

އެ ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 27 ގެ ނިޔަލަށް އެސްޓީއޯގެ ހިއްސާދާރުންގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;