ads
މިދިޔަ އަހަރު ބޭއްވި އެމްއެންޔޫ ފަހި ފުރުސަތުގެ ތެރެއިން. -- ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫ ވަޒީފާގެ މައުރަޒު މިމަހު 27 އަދި 28 ގައި
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މިދިޔަ އަހަރު ބޭއްވި ވަޒީފާގެ މައުރަޒު މިއަހަރުވެސް ބާއްވަން ނިންމައިފި އެވެ.

އެމްއެންޔޫއިން "ފަހި ފުރުސަތު"ގެ ނަމުގައި މިއަހަރުގެ ފުރަތަމަ ވަޒީފާގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 އާއި 28 ވަނަ ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. 

މި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ވަޒީފާ ދޭ ފަރާތްތަކަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރު އެމްއެންޔޫއިން ވަނީ ހުޅުވާލާފަ އެވެ. ރެޖިސްޓަވުމުގެ ސުންގަޑިއަކީ މިރޭ 23:59 ކަމަށް އެމެއެންޔޫއިން ބުނެ އެވެ. 

އެމްއެންޔޫއިން ވަނީ މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން "ފަހި ފުރުސަތު" ގެ ނަމުގައި ވަޒީފާގެ މައުރަޒެއް ބާއްވާފަ އެވެ. އެގޮތުން ފުރަތަމަ މައުރަޒު ބާއްވާފައިވަނީ ޖޫން މަހުގެ ތެރޭގަ އެވެ. އަދި ދެވަނަ މައުރަޒު ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. 

މިދިޔަ އަހަރުގެ ފުރަތަމަ ވަޒީފާގެ މައުރަޒަށް ލިބުނު ތަރުހީބާއިއެކު އެމްއެންޔޫއިން ވަނީ ދެވަނަ މައުރަޒު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމްއެންޔޫގެ ކެންޕަސްތަކުގައި ބާއްވާފަ އެވެ.

ފަހި ފުރުސަތުގެ ނަމުގައި އެމްއެންޔޫއިން ބާއްވާ ވަޒީފާގެ މައުރަޒަކީ ރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތަކާއި ދަސްވެނިވާ ދަރިވަރުންގެ އިތުރުން އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތައް ގުޅުވައިދޭ ބާޒާރެކެވެ. 

އެމްއެންޔޫ ފަހިި ފުރުސަތުގެ މަގުސަދަކީ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ތަފާތު މުއައްސަސާތަކާއި ދާއިރާތަކުގައި ހުރި އާމްދަނީ އަދި މަސައްކަތުގެ ތަޖުރިބާ ލިބޭ ފުރުސަތުތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް