ads
އެފްރިކާގައި ހިފެހެއްޓި އެފްއެސްއެމްގެ ދެ ބޯޓު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި - ފޮޓޯ:އެފްއެސްއެމް
އެފްރިކާގައި ހިފެހެއްޓި އެފްއެސްއެމްގެ ދެ ބޯޓު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަނީ
އެފްރިކާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެެވެ.

އެފްއެސްއެމުން މިއަދު ބުނެފައިވަނީ އެފްރިކާގެ އެރިތުރިއާއިން ހިފަހައްޓާފައިވާ އެ ކުންފުނީގެ ދެ ބޯޓު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެރިތުރިއާގެ ސިފައިން އެފްއެސްއެމްގެ ދެ ބޯޓު ހިފަހައްޓާފައިވަނީ ހުއްދަ ނުހޯދާ އެ ގައުމަށް އެތެރެވި ކަމަށް ބުނެއެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ދެ ބޯޓު އެރިތުރިއާގައި ބަނދަރުކޮށްފައިވަނީ މިސްރުން ފުރައިގެން ރާއްޖެއަށް ކުރި ދަތުރުގައި މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މިސްރުގައި ބަނދެގެން ރާއްޖެއަށް ގެނައުމަށް ކުރި ދަތުރުގައި އެފްއެސްއެމްގެ ދެ ބޯޓު ހިފަހައްޓާފައިވާއިރު، ބޯޓުތަކުގައި ތިބީ ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިންނެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވެފައިވާ ގޮތުގައި އެރިތުރިއާއަކީ ރާއްޖެ އާ ގުޅުން ބޮޑު ގައުމަކަށް ނުވާތީ އިންޑިއާގެ ނިއު ދިއްލީގައި ހުންނަ އެރިތުރިއާގެ ހައި ކޮމިޝަނާ ގުޅިގެން މައްސަލަ ހައްލުކުރުމަށް ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެފްއެސްއެމުން 2019 ވަނަ އަހަރު ހަތަރު ބޯޓެއް ބަންނަން ހަވާލުވިއިރު، މީގެކުރިން އެ ކުންފުނިން ވަނީ ދެ ބޯޓެއް ރާއްޖެއަށް ގެނެސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް