ads
ގެއްލިގެން ހޯދަމުންދާ އަލީ އާތިފް.
މާލެއިން މީހަކު ގެއްލިގެން ހޯދަނީ
މާލެއިން މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، އަލީ އާތިފް ސާފީ (30އ) ކަމަށެވެ.

އަލީ އާތިފް ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އޭނާ ގެއްލިގެން މެއި 15 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. 

ފުލުހުން ބުނީ މެއި 12 ވަނަ ދުވަހުން ފެށިގެން އޭނާގެ ހަބަރެއް ނުވެ ގެއްލުމުން މެއި 15 ވަނަ ދުވަހު އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. 

އަލީ އާތިފަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއްކަމަށާއި މެއި 11 ވަނަ ދުވަހު އޭނާ މާލެ އައި މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ. 

އާއިލާއިން އަލީ އާތިފް ގެއްލިގެން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓު ކުރުމާއިއެކު ފުލުހުންގެ ކަމާ ގުޅުންހުރި ހުރިހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ފޯރުކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން އޭނާ ހޯދުފައި ނުވާ ކަމަށްވެސް ބުނެފައިވެ އެވެ. 

އަލީ އާތިފް ސާފީ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް