ads
ދިއްދޫ އިސްލާމީ މަރުކަޒުގެ ކުރެހުމެއް
ދިއްދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރަން ހަވާލުކޮށްފި
ހއ ދިއްދޫގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް މިއަދު ކުންފުންޏާކާ ހަވާލުކޮށްފި އެވެ.
Advertisement

މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގެ ހޯލުގައި ބޭއްވި ރަސްމިޔާތެއްގައި “ދިއްދޫ އިސްލާމިކް ސެންޓަރު އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ އެވެ. 

ދިއްދޫ އިސްލާމިކް  އެސެންޓަރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އާރުސީސީގެ ޑިރެކްޓަރު އާދަމް ރަޙީމް އެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަ ޑރ  އަހްމަދު ޒާހިރު އަލީ އެވެ

ދިއްދޫ އިސްލާމީ މަރުކަޒުގައި އެއްފަހަރާ 1500 މީހުނަށް ނަމާދުކުރެވޭ ޖާގަ އޮންނާއިރު. 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި ހަތަރު ކްލާސް ރޫމާއި ދެ  ސެމިނާ ރޫމް އަދި ޕޭންޓްރީ އެއް ހިމެނެއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގައި ކަރަންޓަށް ކުރާ ހަރަދު ކުޑަކުރަން އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭއިރު މިސްކިތް ހުންނާނީ އޭސީ ކޮށްފައެވެ.

މިމަޝްރޫއު އާރުސީސީއާ ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 50.8 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް