އޭގެތެރެއިން ބައެއް މީހުން ފޭސްބުކްކާއި ޓެލެގްރާމް އަދި އަޓްސްއެޕްދަފަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ވެސް ދަނީ ބޭނުން ކުރަމުންނެވެ.
ބައެއް މީހުން ސިހުރު ހަދާކަން އިސްތިހާރު ކުރަނީ އޭނާއަކީ އެވެނި މިވެނި ރަށެއްގެ ސިހުރު ހެދުމަށް މަޝްހޫރު މިވެނި މީހެއްގެ ދަރިއެއް ކަމަށް ބުނެއެވެ. އެފަދަ ޕޯސްޓްތަކަށް ބައެއް މީހުން އެމީހުންގެ ނަންބަރު ހޯދުމަށް ކޮމެންޓް ކޮށްފައިވެސް ހުރެއެވެ.
އަދި ބައެއް މީހުން އެފަދަ އިސްތިހާރުތައް ކުރަމުން ގެންދަނީ އެމީހުންގެ ފޯން ނަމްބަރުވެސް ޖަހައިގެންނެވެ.
އެމީހުން ބުނާގޮތުން އެމީހުންނަކީ އިސްތިރި ވަރިތޮޅި ހަދާދީ ލޯބިވެރިން ގުޅުވާ އަދި ދެމެފިރިން ދުރުވެސްކޮށްދޭ ބައެކެވެ.
މިފަދަ ނުބައި އަމަލުތައް ފާޅުގައި އިސްތިހާރު ކުރަމުން ގެންދާއިރު، އެކަން ފެންނަ މުއްއްސަސާއެއް އަދި އެޅޭނެ ފިޔަވަޅެއްވެސް ނެތްކަމަށް ބުނެ ބައެއް މީހުން ގެންދަނީ ކަނބޮޑުވުންވެސް ފާޅުކުރަމުންނެވެ.