ads
ޖީ7ގެ ގައުމުތަކުގެ ލީޑަރުން
އެމެރިކާގެ ސިޔާސަތެއް ދެނެއް ދުނިޔޭގައި ނުހިނގާނެ: ޗައިނާ
ހުޅަނގަށް ތާއީދުކުރާ އުސޫލުތަކާ އެއްގޮތަށް ހިންގާ ޖީ-7 އަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ތާއީދެއް ނެތް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ އިސްވެ އޮވެ އުފައްދާފައިވާ ޖަމާއަތަށް ދުނިޔޭގެ ކަންކަމުގައި ބާރުފޯރުވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

"މަދު ބަޔަކު ގަބޫލުކޮށް ފަތުރާ އުސޫލްތައް ޗައިނާއިން ދުވަހަކުވެސް ގަބޫލެއް ނުކުރާނެ. މީހުންގެ ފިކުރާއި އަސާސްތަކުގެ މައްޗަށް ބިނާކޮށް ދުނިޔެ ބައިބައިކުރަން މަސައްކަތްކުރާ ޖީ7 ގެ ބާރު އޮންނަ ހުޅަނގުގެ އުސޫލްތައް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ " ޗައިނާގެ ބަޔާން

ފޮރިން މިނިސްޓްރީން ބުނެފައިވަނީ އެ ޖަމާއަތުން "އެމެރިކާ ފަސްޓް" ސިޔާސަތުގެ ދަށުން އެހެން ގައުމުތައް އެ ސިޔާސަތަށް ތާއީދު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެކަމަށް މަސައްކަތް ކުރުމުގެ ދަބަބުން ދުނިޔޭގެ ގައުމުތަކުގެ އިތުބާރު ޖީ 7 އަށް ގެއްލިފައިވާކަމަށް ޗައިނާއިން ބުނެއެވެ.

ގްރޫޕް އޮފް ސެވަން އަކީ އެމެރިކާ، ކެނެޑާ، އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު، އިޓަލީ އަދި ޖަޕާން ހިމެނޭ ޖަމާއަތެކެވެ. ޖީ-7 ގެ އަހަރީ ބައްދަލުވުންތަކުގައި އާންމުގޮތެއްގައި އީޔޫ ތަމްސީލްކުރާ އޮފިޝަލުން ވެސް ބައިވެރިވެ އެވެ.

ހޮނިހިރު ދުވަހު ޖަޕާނުގެ ހިރޯޝީމާގައި ބޭއްވި ސަމިޓުގައި ޖީ7 އިން ފާސްކުރި ޖޮއިންޓް ސްޓޭޓްމެންޓެއްގައި ވަނީ ޗައިނ\ާއަށް އަމާޒުކޮށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ. އެގޮތުން ޓެކްނޮލޮޖީ ފޭރުމާއި އިގްތިސާދީ ގޮތުން މަޖުބޫރު ކުރުވުމާއި، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ތުހުމަތު ކުރެއެވެ. އޭގެ އިތުރުން  އެ ޖަމާއަތުން ބުނީ ޓައިވާނާއި ދެކުނު ޗައިނާ ކަނޑުގެ ވަށައިގެން ބާރުގެ ބޭނުންކޮށްގެން ހާލަތު ބަދަލުކުރުމަށް ޗައިނާއިން ކުރާ މަސައްކަތާ ވަރަށް ބޮޑަށް ދެކޮޅު ކަމަށެވެ.

މިކަމާ ގުޅިގެން ޗައިނާއިން ބުނީ ހޮންކޮންގް، ޝިންޖިއާން އަދި ޓިބެޓާ ގުޅުން ހުރި ކަންތައްތަކަކީ ހަމައެކަނި ޗައިނާގެ ދާޚިލީ ކަންކަން ކަމަށެވެ. ޗައިނާއިން ތުހުމަތުކުރާ ގޮތުގައި ޖީ-7 އިން ޓައިވާންގެ ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދީ ސަރަހައްދުގެ ސުލްހަ އަށް ނުރައްކާ ކުރެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް